ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޑިމައްޗަށް ކުޑަކަމުދިޔައީ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފެއް: ވެމްކޯ

ފޮޓޯ: ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޑެޓް (ވެމްކޯ) ގެ މުވައްޒިފަކު ގެއެއްގެ ސިޑިމައްޗަށް ކުޑަކަމުދާ ވީޑިއޯއެއް އާންމުވެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެކަމުގެ ހަގީގަތް ވެމްކޯއިން ސާފުކޮށްދީފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވި އެ ވީޑިއޯގައި ފެންނަނީ މާފަންނުގައި ހުންނަ ގެއަކަށް ކުނި ނަގަން ވަތް މުވައްޒަފެއް އެ ގޭގެ ސިޑި މައްޗަށް ކުޑަކަމުދާ މަންޒަރެވެ.

ވެމްކޯއިން ބުނެފައިވަނީ މައްސަލަ ދިމާވި ގެއަށް ވެމްކޯގެ މުވައްޒިފުން ޒިޔާރަތްކޮށް މައްސަލަ ހިނގި ގޮތް ބަލާ އެ ގޭގެ މީހުންގެ ކިބައިން މާފަށް އެދިފައިވާ ކަަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ހިދުމަތް ބައްޓަން ކުރަން ކުރަން ޖެހޭ މަސައްކަތް ކުރަމުންނެވެ.

އަދި މި މައްސަލާގައި ޝާމިލްވާ އެ ކުންފުނީގެ މުވައްޒިފަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އޭނާގެ ކިބައިން ކުރީން އެފަދަ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މައްސަލައިގެ ބާވަތުން އެ މުވައްޒިފު ވަނީ ހައުސް ހޯލްޑް އޮޕަރޭޝަނުން އެކަހެރިކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: