ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީއަށް ތާއީދުކުރާ ގިނަ ކެންޑިޑޭޓުން އިންތިހާބުވުމަކީ ލިބުނު ކުރިއެރުމެއް: ނަޝީދު

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދާއި، ރައީސް ސޯލިހު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ގިނަ ކެންޑިޑޭޓުން އެމްޑީޕީ ގައުމީ މަޖިލީހަށް އިންތިހާބުވުމަކީ ލިބުނު ކުރިއެރުމެއް ކަމަށް އެ ޕަޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިޔަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަކީ އެ ޕާޓީގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބެވެ. އެމްޑީޕީގެ ގައުމީ މަޖިލީހަކީ ޕާޓީގެ އެންމެ މުހިންމު ނިންމުންތައް ނިންމާ ގުނަވަނެވެ. އަދި މިއީ ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު މަޖިލީސް މެއެވެ.

އެމްޑީޕީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރެއްވި ގިނަ ކެންޑިޑޭޓުން ވަނީ އިއްޔެގެ އިންތިހާބުން ކާމިޔާބު ހޯދާފައެވެ. ރައީސް ސޯލިހު ފެކްޝަންގެ ކެންޑިޑޭޓުން ބަރުލަމާނީއާ ދެކޮޅެވެ.

ނަމަވެސް ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ގިނަ ކެންޑިޑޭޓުން އެމްޑީޕީ ގައުމީ މަޖިލީހަށް އިންތިހާބުވުމަކީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 މެންބަރުން އިންތިހާބު ކުރުމަށް ނެގި ވޯޓްގެ ވަރަށް ގިނަ ދާއިރާތަކެއްގެ ނަތީޖާތައް މިހާރު ވަނީ ސާފުވެފައެވެ. އިންތިހާބުގައި ކާމިޔާބު ހޯދި 75 ޕަސެންޓް ކެންޑިޑޭޓުންނަކީ ރަައީސް ސޯލިހުގެ ތާއީދު އޮތް ކެންޑިޑޭޓުން ކަމަށް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: