ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޑިއަށްދިޔަ ސަފާރީން ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީއަކު މަރުވެއްޖެ

އަޑިއަށް ދިޔަ ސަފާޜީގެ ބައިތަކެއް/ ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށި ކައިރިން 17 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ “ހޭންޑީ ކްރޫޒާ” އަޑިއަށް ދިޔަ ހާދިސާގައި ހާލު ބޮޑުވި ބިދޭސީއަކު މަރުވެއްޖެ އެވެ.

މަރުވީ އުމުރުން 41 އަހަރުގެ ސްރީލަންކާ ރައްޔިތެކެވެ.

“ހޭންޑީ ކްރޫޒާ” ސަފާރީ، އަޑިއަށް ދިޔައީ ތިލަފުށީގެ ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން ދިޔަވެގެން އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑުން އެހީވަމުން ދަނިކޮށެވެ. ސަފާރީގައި ތިބި މީހުންގެ ތެރެއިން ހަ މީހެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން ފަސް މީހުންގެ ހާލަތު ގޯސްކަމަށް މައުލޫމާތު ލިބެ އެވެ.

ހާދިސާގެ މައުލޫމާތުތައް ހިއްސާކޮށް އެމްއެންޑީއެފްއިން ބުނީ، ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ ހާލު ގޯސްކަމަށެވެ. އިތުރު ތަފްސީލެއް މީޑިއާ އޮފިޝަލް ހާމައެއް ނުކުރައްވަ އެވެ.

ތިލަފުށީ ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުގައި އެ ސަފާރީ އޮއްވައި ދިޔަވެ، އަޑިއަށް ދާކަމުގެ މައުލޫމާތު އެންއެމްޑީއެފްއަށް ލިބުނީ މިއަދު ހެނދުނު 8:39 ގަ އެވެ. ފަޅުވެރިން ހިމެނޭ ގޮތަށް ޖުމުލަ 17 މީހުންނާއެކު އެ ސަފާރީ ދަތުރުކުރަމުން އައީ ކ. ބޮލިފުށި ރިސޯޓު ކައިރިން، މާލެ އައުމަށެވެ.

މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ވިއްސާރަ ކުރަމުންދާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އޮރެންޖު ސަމާލު ނެރެފަ އެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 75%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: