ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓުއަރިޒަމް ދާއިރައަށް ލިބުނު ގެއްލުންތަކުން ފުލް ރިކަވަރީ އެއް ހާސިލް ނުކުރެވޭ: މައުސޫމް

ޓުއަރިޒަމް މިނިސްޓަރ/ ފޮޓޯ- ޖަޒީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 ގެ ހާލަތުގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމް ދާއިރާއަށް ލިބިފައިވާ ގެއްލުންތަކުން މުޅިން އެއްކޮށް އަރައިނުގަނެވޭ ކަމަށް ޓުއަރިޒަމް މިނިސްޓަރ، ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ސަރުކާރު” ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ އަދަދުތައް އިތުރުވީ ނަމަވެސް، ދާއިރާގެ ވަޒީފާތަކަށް ކުރި އަސަރުތަކުގެ ސަބަބުން ލިބުނު ގެއްލުންތައް އަދިވެސް ފޫބައްދާ ނުލެވޭ ކަމަށެވެ.

މިނިސްޓްރީގެ އަމާޒަކީ އަހަރު ނިމޭއިރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިކަން ފާހަގަކޮށް، މައުސޫމް ވިދާޅުވީ ކުރިޔަށް އޮތީ ފަތުރުވެރިކަމުގެ ދާއިރާގެ ޕީކް ސީޒަން ކަމަށެވެ. އެހެންކަމުން އަހަރުގެ ފަހުކޮޅު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް މިނިސްޓަރ ލަފާ ކުރެއްވި އެވެ.

ރާއްޖެއަށް ކުރިޔަށް އޮތް ދުވަސްތަކުގައި ގިނަ ފަތުރުވެރިން އަންނާނެކަމަށް އަންދާޒާ ކުރެވުނު ނަމަވެސް، ކޮވިޑު-19 ގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އެއްފަހަރާ ގިނަ ފަތުރުވެރިންނަށް ހިދުމަތް ދޭން ތައްޔާރެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖެއަށް އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 4000-3000 ދެމެދުގެ ފަތުރުވެރިން އަންނައިރު ވީއައިއޭގެ ފިޔަވަޅުތަކުގެ ސަބަބުން އިމިގްރޭޝަންގެ ކްލިއަރެންސްއަށް ގިނަ ވަގުތު ހޭދަ ކުރަން ޖެހެ އެވެ.

މިސާލެއް ނަންނަގަވައި މައުސޫމް ވިދާޅުވީ، އޭޝިއާ ސަރަހައްދުގެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަން ފެށުމުން ވީއައިއޭއަށް ބާރު ބޮޑުވެގެން ދިޔަ ކަމަށެވެ. އެހެންވެ އެކަމުގެ ހައްލެއްގެ ގޮތުން ރާއްޖޭގެ އެންމެ ދެކުނުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓުތައް ޖެއްސުމުގެ މަޝްވަރާތައް ކުރިޔަށްދާކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ކޮވިޑު-19 ގެ ސަބަބުން ނުހުޅުވި އޮތް އައްޑޫގެ ދެ ރިސޯޓާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. އައްޑޫގެ ދެ ރިސޯޓެއް ނުހުޅުވި އޮއްވައި، ގަން އެއާޕޯޓަށް ފްލައިޓުތައް ޖެއްސުމުން ވާނެ ފައިދާއަކީ ކޮބައިތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި އައްޑޫ ވެގެންދާނީ ފަތުރުވެރިކަމުގެ މައި ހަބަށް ކަމަށެވެ. އަދި ފްލައިޓުތައް އައްޑުއަށް ދަތުރުކުރަން ފެށުމުން، ރިސޯޓުތައް ހުޅުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ކޮވިޑުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ރާއްޖޭގެ އިގްތިސޯދަށް ކަމަށެވެ. އެހެން ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކަށް ކުރެވެނީ ފޮނި އުންމީދުތަކެއްކަން ފާހަގަކޮށް ރާއްޖެ ތަފާތު އެކި ޕްރޮމޯޝަނަލް އިވެންޓުތަކުގައި ބައިވެރިވަމުންދާނެ ކަމަށް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މިވަގުތުގެ އަމާޒަކީ، ރާއްޖެއަށް އަންނަ ފަތުރުވެރިން ހޭދަ ކުރާ މުއްދަތު އިތުރު ކުރުމާއި އެކު އެނދުތަކުގެ އަދަދު އިތުރު ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: