ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީ ކުރުމަށް ހިއްސާވާ ފަރާތްތަކަށް ރައީސްގެ ޝުކުރު!

ރައިސުލްޖުމްހޫރިއަޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީކޮށް ދެހެއްޓުމަށް އެހީތެރިވެދެއްވާ ފަރާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބިލް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިއަދު އޮތް ހިސާބަށް ގެނައުމަށް ގިނަ ބައެއްގެ ހިއްސާވާ ކަމަށެވެ. އެގޮތުން ދިވެހިރާއްޖެއަށް ފުރަތަމަ ފަތުރުވެރިކަން ތައާރަފުކޮށް ފަތުރުވެރިކަން ގެނައުމަށް މަސައްކަތްކޮށްދިން ފަރާތްތަކުން ކުރި މަސައްކަތް ފާހަގަކޮށް އަގުވަޒަން ކޮށްފައިވެއެވެ.

ހަމަ އެއާއިއެކު ފަތުރުވެރިކަން ކުރިއަރުވައި ތަރައްގީކުރުމުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ޝުކުރު ދަންނަވާފައިވެ\އެވެ. އެގޮތުން މުހައްމަދު ވަހީދުއްދީނާއި، ގާސިމް އިބްރާހީމް އަދި ޔުނިވަރސަލް އެންޓަރޕްރައިޒަސް، ސަފާރީ ޓުއާޒް، ކްރައުން ކޮމްޕެނީ، ޗަމްޕާ ބްރަދާސް، ސަން ޓްރެވަލްސް، ސަން ލޭންޑް، ސީޕްރިއާ، ވޮޔޭޖަސް މޯލްޑިވްސްގެ ނަން ފާހަގަކޮށް އެމަނިކުފާނު ޝުކުރު ދެންނެވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންވާ ގުރުބާނީތައް ފާހަގަކުރައްވައި އެފަރާތްތަކުން ދިވެހި ފަތުރުވެރިކަމަށް ފާގަތިކަން ގެނައުމަށް ކުރާ މަސައްކަތް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.

ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ތަރައްގީ ކުރުމަށް ސަރުކާރުން ކުރެވެން ހުރި ކަމެއް ކުރާނެ ކަމަށާއި ދެވެން އޮތް އެހިތެރިކަމެއް ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން އަންނަން އޮތް ޖީލަށް ފަތުރުވެރިކަމުގެ ސިނާއަތު ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ތަރައްގީގެ ޕްލޭނަށް ބަދަލު ގެންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

“2023 ވަނަ އަހަރު ނިމުމުގެ ކުރިން ސާފު ބޯފެނާއި، ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްވެސް މިއަންނަނީ ކުރަމުން. އިންޓަރނެޓްގެ ޚިދުމަތް ފަސޭހައިން ލިބޭނެގޮތް، ހުރިހާ ރަށެއްގައި ގާއިމުކުރަން ގަސްތުކޮށްފައިވޭ. މިކަމުގެ ސަބަބުން ފަތުރުވެރިކަމަށް އިތުރު ކަންތައްތައް ތައާރަފު ވެގެންދާނެ.” ރައީސް ސޯލިހު

ކޮވިޑު-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކާއި ކުރމަތިވީނަމަވެސް، އަވަސް މުއްދަތެއްގެ ތެރޭގައި ގެއްލުންތަކުން އަރަގަނެވެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަން ރައީސް ވަނީ ނިންމަވާފައެވެ. ގިނަ އަދަދެއްގެ ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާއަތު ތަމްސީލު ކުރައްވާ ފަރާތްތަކުން ބައިވެރިވަޑައިގެންނެވި މިރަސްމިއްޔާތުގައި، ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ތައާރަފްކޮށްފައިވާ ލަވައެއް ވަނީ އިފްތިތާހު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: