ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް މީހުންނާއެކު ދަތުރުކުރި ސަޕްލައި ދޯންޏެއް އަޑިއަށް ގޮސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް އަޑިއަށް ގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ 60 ފޫޓުގެ އެ ސަޕްލައި ދޯނި ޅ.އަލިގާގެ ހުޅަނގުން 4 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ފަތިހު 05:59 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ދޯނީގައި ތިބި ފަސް މީހުން ނުފެންނަ ކަމަށް 08:41 ގައި އެމްއެންޑީއެފް އިން މީޑިއާއަށް މައުލޫމާތު ދިން ނަމަވެސް 08:45 ގައި ވަނީ ދޯނިން ދަތުރުކުރި ފަސް މީހުން ވެސް ފެނިފައިވާ ކަމަށް ބުނެފައެވެ.

އެ ފަސް މީހުން މިހާރު ކާށިދޫއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: