ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ބާރުގެ ސެކިޔުރިޓީ ބްރީޗް ވެއްޖެ، ރައީސަށް ނުރައްކަލެއް ވާން ނޭދެން: ސިރާޖް

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެބާރުގެ ސެކިޔުރިޓީ ބްރީޗްވެއްޖެ ކަމަށާއި ތިންވަނަ ބާރު ނުވަތަ ރައީސުލްޖުުމްހޫރިއްޔާއަށް ނުރައްކަލެއް ކުރިމަތިވުމަށް ބޭނުންނުވާކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ގެކޮޅުގެ ސެކިޔުރިޓީ ކެމެރާތަކަށް ގެއްލުންދީ، ދިރިއުޅުއްވާ ގެކޮޅަށް މީހަކު ވަނުމަށް މަސައްކްތަކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ސިރާޖް ވިދާޅުވީ، އުއްތަމަ ފަނޑިޔާރަށް ރައްކާތެރިކަން ދިނުމަކީ ދައުލަތުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރަށް ގެއްލުން ދިނުމަށް މަސައްކަތް ކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިންތާ ފަސް މަސްދުވަހުގެ ތެރޭގައިކަން ސިރާޖް ފާހަގަކުރެއްވިއެވެ. ތިން ބާރުގެ ތެރެއިން ދެބާރެއްގެ ވެރިންގެ ސެކިޔުރިޓީ ބްރީޗް ހުރިކަން މިހާރު ހާމަވެފައި ކަމަށާއި ފޫއަޅުވައިނުލެވި މިހާރު ބާކީ އޮތީ އެންމެ ބާރެއްކަމަށް ސިރާޖް ވިދާޅުވިއެވެ.

ސިރާޖް ވިދާޅުވީ ތިން ބާރުގެ ވެރިންގެ ތެރެއިން ގެއްލުމެއް ދިނުމަށް މަސައްކަތް ނުކޮށް އޮތީ ރައީސުލްޖުމްހޫރިއްޔާއަށް އެކަނި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ރައްކާތެރިކަމަށް ގެއްލުން ފޯރުވާ ހިސާބަށް ކަންކަން ދާން ބޭނުންނުވާކަމަށް ވިދާޅުވިއެވެ. އިންޓެލިޖެންސް މައުލޫމާތު އެއްކުރުމާއި، ބާރު ތަކުގެ ވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި ސިރާޖް ވަނީ މިބޭފުޅުންނަށް ރައްކާތެރިކަން ފޯރުކޮށްނުދެވޭނަމަ ބާކީ ތިބި ހުރިހާ ރައްޔިތުންނަށް ފުށޫއަރާކަމަށް ވިދާޅުވެފައެވެ.

“މިމަޖިލީހުން މިކަމާއި ގުޅިގެން ކުރަން ހުރި ކަންކަން ބަލަންޖެހޭ” ސިރާޖް

މީގެ އިތުރުން ސިރާޖް ވިދާޅުވީ، މިފަދަ ސެކިޔުރިޓީ ބްރީޗްތަކަކީ ކަންބޮޑުވާންޖެހޭ ކަންތައްކަމަށެވެ. އަދި މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއަކީ މިފަދަ އިންޒާރުތަކާއި މައުލޫމާތުތައް މާބޮޑު ކަމަކަމަށް ނުހެދުމުން ހިނގައިދިޔަ ހާދިސާއެއްގެ ގޮތުގައި ސިރާޖް ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއަކީ އިންޓެލިޖެންސް ލިބެންޖެހޭ މިންވަރަށް އިންޓެލިޖެންސް ނުލިބުމާއި، އިދާރާތަކުގެ މެދުގައި ހުރި ފުށު އެރުންތަކުގެ ސަބަބުން ހިނގައިދިޔަ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަސް މަސްވެސް ނުވަނީސް މިކަން ހިނގައިދިޔުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

މައްސަލައަށް ބަހުސްކުރެއްވި މެމްބަރުން ވަނީ ހައި ޕްރޮފައިލް ބޭފުޅުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ބާރުތަކުގެ ވެރިންނަށް ދޭ ރައްކާތެރިކަން، ވެރިން ގެތަކުގައި ނޫޅޭ ވަގުތު އާއިލާގެ އެހެން މެމްބަރުންނަށާއި ދިރިއުޅުއްވާ ގެކޮޅަށް ފޯރުކޮށްދޭންޖެހޭނެކަން މެމްބަރުން ފާހަގަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: