ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުވަ މީހުން ތިބި ބޯޓެއް އަޑިއަށްދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ދަތުރު ކުރަމުންދާ ބޯޓެއް އަޑިއަށް ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އޮކްޓޯބަރު 2 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިންއިން ފުރައިގެން މާލެ ދަތުރުކުރި “އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ” ބޯޓް، ޅ.އަތޮޅުގެ އިރުން 130 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ދާ ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑުން ދަނީ ހަރަކާތްތެރި ވަމުން ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ސިފައިން ބުނީ ބޯޓްގައި ތިބީ ނުވަ މީހުން ކަމަށެވެ. އަދި މިއީ ރާއްޖެއަށް ތަރުކާރީ އާއި މޭވާ ބަރުކޮށްގެން ދަތުރުކުރަމުން އަންނަ ބޯޓެއް ކަަމަށެވެ.

ބޯޓަށް އެހީތެރިވުމަށް އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން ދަނީ ކޯސްޓްގާޑް ޝަހީދު އަލީ އެވެ. ނަމަވެސް ކޯސްޓްގާޑަށް އެ ސަރަހައްދަށް ދެވޭނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ސިފައިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: