ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ ގެ އާއްމު މަޖިލީހުގެ ރައީސަށް ވުރެ ސަލަމާތީ މަޖިލީހުގެ ސީޓު މުހިންމު: މުންދު

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަދ. ގެ އާއްމު މަޖިލީހުގެ ރައީސެއްގެ މަގާމަށް ވުރެން، ސަލާމަތީ ކޮމިޓީގެ ގޮނޑި، ރާއްޖެއަށް ލިބުމަކީ މާ މުހިންމު ކަމެއް ކަމަށް ޕީއެންސީ ގެ ނައިބު ރައީސް، މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީ ގެ “ހަބަރަށް ފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަމުން މުންދު ވިދާޅުވީ އަބްދުﷲ ޝާހިދު އދ. ގެ ރައީސްގެ މަގާމުގައި ހުރެގެން ރާއްޖޭގެ ރައްޔިތުންނަށް ކުރާނެ ފައިދާ އެއް ނެތްކަމަށެވެ. ރައީސް ގެ މަގާމަށް ވުރެ، ދިވެހިރާއްޖެއަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ސީޓު ލިބުން މާ މުހިއްމު ކަމަށް ވެސް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ އދ. ގެ އާއްމު މަޖިލީހުގައި، ރާއްޖެ އާ ކައިރި ސަރަހައްދުތަކުގެ ހުރިހާ ގައުމަކަށް ސީޓު ލިބިފައިވާއިރު ރާއްޖެއަށް މި ފުރުސަތު ލިބިފައި ނުވަނީ އެމްޑީޕީ ގެ ސަބަބުން ކަމަށްވެ އެކަމުގެ ގެއްލުން ވެސް ކުރަނީ އެ ޕާޓީ އަށް ކަމަށެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކާ ދިވެހިރާއްޖެ އަރާހަމަ ވެފައިވާކަމަށް ބުނެ ސަރުކާރުން ބުނާ ބުނުން ދޮގުކޮށް މުންދު ފާހަގަ ކޮށްފައިވަނީ ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތް ކަމަށާއި ރާއްޖޭގައި ބޮލަކަށް ޖެހޭ ނިސްބަތް ދުވަހުން ދުވަހަށް ދަނީ ދަށަށް ކަމަށެވެ.

މީގެ އިތުރުން، އަބްދުﷲ ޝާހިދު، ދިވެހިރާއްޖޭގެ ޚާރިޖިއްޔާ ހިންގަން ބޭނުންވަނީ “ރިމޯޓުކޮށް” ކަމުގައި ވީނަމަވެސް މީ ދައުލަތުން ހިނގާ ގެއްލުންހުރި ހަރަދުތަކެއް ކަމަށް މުންދު ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖެގެ ޚާރިޖިއްޔާގައި މަސައްކަތް ކުރާ މުވައްޒަފުން ބޭރު ގައުމެއްގައި މަސައްކަތް ކުރުމަށް ގެންގޮސް ނެތް ލާރިން އަމިއްލަ ޖާހަތައްޓަކައި މިފަދަ އިންތިޒާމުތަކެއް ހަމަ ޖެއްސުމުގެ ހަކަތައެއް ދިވެހި އިގްތިސާދުގައި ނެތްކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މިހާރުގެ ސަރުކާރުން ގައުމަށް ފައިދާ ހުރި ބައިލޭޓަރަލް ދަތުރު ތަކެއް ނުކުރާ ކަމަށް ބުނެ ޝަރީފު ވަނީ، ރައީސް ޔާމިނުގެ ވެރިކަމުގެ ތެރެގައި، ކުރެވުނު ބައިލޭޓަރަލް ދަތުރުތަކުން ލިބުނު ފައިދާތައް ޕްރޮގްރާމުގައި މުންދު ފާހަގަކޮށް ދެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: