ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ފްލެޓު ހަވާލުކުރުމުގައި އިސްކުރީ އަނިޔާވެރިކަން: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ހިޔާ ފްލެޓު ހަވާލުކުރުމުގައި އިސްކުރީ އަނިޔާވެރިކަންކަމަށް މާލެ ސިޓީ މޭޔަރ އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުންނާއި ފްލެޓު ހަވާލުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހަވާލު ކުރަން ނިންމާފައިވާ ގޮތަށް ނޫންކަމަށާއި ފްލެޓު ހަވާލުކުރުން އެންމެ އެދެވިގެން ވަނީ އެއްކޮށް ފުރިހަމަ ކޮށްފައި ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމު ކޮށްފައިވާ ހިޔާ ފްލެޓުތައް ރައްޔިތުންނާއި ހަވާލު ކޮށްފައިވަނީ އެންމެ އެދެވޭ ގޮތަށް ނޫން ކަމަށް ވިދާޅުވެ މުއިއްޒު ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރެއް ނޫންކަމަށެވެ. ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނުނިމެނީސް ރައްޔިތުންނާ ފްލެޓުތައް ހަވާލު ކުރުމުގެ މަގްސަދަކީ ރައީސް ޔާމީނުގެ ވެރިކަން ބަދުނާމުކޮށް ގޯސް ކުރުމަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހިޔާ ފްލެޓުތައް އާއްމުންނަށް ދޫކުރަން ކަނޑައަޅާފައިވާ އަގަށް ވުރެ އެތައް ހާސް ރުފިޔާއެއް އިތުރުކޮށް އަގު ކަނޑައަޅާފައިވާ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ޔާމީނުގެ ސަރުކާރުގައި 5700 ރުފިޔާގެ އަގުން ދޫކުރަން ނިންމާފައިވާ ފްލެޓުތައް، 8500 ރުފިޔާއަށް މިހާރު ދޫކުރަން ނިންމާފައިވާ ނިންމުމުގެ ފަހަތުގައިވާ މަގްސަދު ދެނެގަންނަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް ރަސްމީ ސިފައެއްގައި މި އަގުތައް ކުޑަ ކުރުމަށް މަސައްކަތް ކުރިިއަށް ގެންދާ ވާހަކަ ވިދާޅުވަމުން މިކަމާއި ގުޅުންހުރި އިލްމީ ރިޕޯޓުތައް ހުށައެޅުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ. ނަމަވެސް އަގުތައް ކުޑަ ކުރުމުގެ ހިޔާލު މިސަރުކާރުން ނުގެންގުޅުއްވާކަމަށް މޭޔަރ ވިދާޅުވިއެވެ.

ރައީސް ޔާމިނުގެ ސަރުކާރުން ގެނެސްފައިވާ ތަރައްގީއާއި މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީން 2023 ވަނަ އަހަރު ގައުމުގެ ވެރިކަމާ ހަވާލުވެ މިހާރުގެ އަގުތައް ކުޑަކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވަމުން މުއިއްޒު ވިދާޅުވީ ނުހައްގުން ފްލެޓްތައް އަތުލައިގަނެފައިވާ މީހުންނަށް އަނބުރާ ފްލެޓުތައް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެ ކަމަށެވެ.

ހުޅުމާލެ ފޭސް 2ގައި ގާއިމުކުރެވިފައިވާ ހިޔާ ފްލެޓު ސަރަހައްދުގައި އަސާސީ އެއްވެސް ހިދުމަތެއް ދިނުމުގެ އިންތިޒާމު ހަމަޖައްސާފައިނުވާކަމީ ސަރުކާރުން ރައްޔިތުންނަށް މަންފާ ހޯދައިދިނުމުގެ ވިސްނުމެއްނެތްކަން ހާމަވެގެންދާ ކަމެއްކަމަށް ވެސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: