ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާނުވާ ބަންދުގައި ތިބޭ މީހުން މައްސަލަ މަޖިލީހަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ނުލިބޭތީ އަދި ވާނުވާގައި ތިބޭ މީހުންނަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭތީ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 47 މެމްބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން ސިރާޖު ވިދާޅުވީ ޝަރީއަތް ނިމެންދެން އެތައް ބަޔަކު އަހަރުތަކެއް ވަންދެން ބަންދު ކޮށްފައި ތިބޭ ކަމަށެވެ. އޭގެ ތެރޭގައި އިބްތިދާއީ އަޑުއެހުން ނުފެށި ތިބޭ ފަރާތްތަކާއި ހެކި ބަސް ނެގުމުގެ މަރުހަލާގައި ތިބޭ ފަރާތްތަކާއި އަދި އަޑު އެހުންތައް ނިމިފައިވާ ފަރާތްތައް ހިމެނޭ ފަރާތްތައް ހިމެނޭ ކަމަށެވެ.

ވާނުވާ ބަންދުގައި ހުއްޓާ މިފަހުން މަރުވި ޝަބީންގެ މައްސަލައަށް އަލި އަޅުވާލާ ސިރާޖުގެ މައްސަލައިގައި ބުނެފައިވަނީ ނިޔާވިއިރު ޝަބީންގެ ބޭސްފަރުވާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި “ސަލާންޖަހާފައިވާކަން ފެންނަންހުރި ލިޔެކިޔުންތަކުން” އެނގެން އޮތް ކަމަށެވެ.

“މިކަމުން ދަލާލާތު ކޮށްދެނީ އަދިވެސް ޖަލުތަކުގައި ބޭސްފަރުވާގެ އިންތިޒާމުތައް އެންމެ ރަނގަޅަށް ހަމަޖެހިފައިނުވާކަމެވެ.” މޫސާ ސިރާޖުގެ މައްސަލައިގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: