ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެމަފިރިއަކަށް ލިބުނު އެއްމާބަނޑު ތިން ކުދިން މަރުވެއްޖެ

އައިޖީއެމްއެޗް ހޮސްޕިޓަލް އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗް ހޮސްޕިޓަލްގައި މިއަދު ވިހެއި އެއްމާބަނޑު ތިން ކުދިން މަރުވެއްޖެ އެވެ.

މިއަދު ހެނދުނު މަރުވެފައި ވަނީ އައްޑޫ ސިޓީ ހިތަދޫގެ ދެމަފިރިއަކަށް ލިބުނު ތިން ފިރިހެން ކުދިންނެވެ. އެ ތިން ކުދިން މަރުވެފައި ވަބީ ރަނގަޅަށް އުފެދިފައި ނުވާތީ ކަމަށް މައުލޫމާތު ލިބެއެވެ. އެ ކުދިން އުފަންވީ 21 ހަފްތާގައެވެ.

މިކުދިން މަރުވީ އަންހެންމީހާގެ ފެންދުލި ފަޅައިގެން ގޮސްގެން، ދުވަސް ނުފުރާ ވިހެއުމަށްފަހު ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

އާއިލާގެ ފަރާތުން ބައެއް މީޑިއާތަކަށް ބުނެފައިވަނީ މި ތިންކުދިން މަރުވީ އުފަންވިތާ ހަގަޑިއެއްހާއިރު ފަހުންނެވެ. ކުދިން މަރުވި ވިހެއުމަށްފަހު އެންއައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: