ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޭ ރައްކާތެރިކަމާއިމެދު ހިތްހަމަނުޖެހެނީ ދެދަރިން އެކަނި: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން ފޯރުކޮށްދޭ ރައްކާތެރިކަމާއެކު ހިތްހަމަނުޖެހެނީ ދެދަރިން އެކަނިަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިވަގުތު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ނޯތު ކޮރެއާގެ ރައީސަށް ދެމުންގެންދާ ފަދަ ސެކިޔުރިޓީއެއް އެމަނިކުފާނަށް ދެމުންގެންދާކަމަށް ވިދާޅުވެ ވަރަށް ގިނަ ބަޔަކު އެމަނިކުފާނަށް ފާޑުވިދާޅުވަމުންގެންދަވާކަމަށެވެ. އެމަނިކުފާނުގެ ދެދަރިން ގާތު މިވާހަކަ ދެންނެވުމުން، ބޭނުންވަނީ ބައްޕާފުޅު ސަލާމަތުން ހުންނެވުން ކަމަށް ބުނެފައިވާ ކަމަށާއި އެއީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ފޯރުކޮށްދޭ ފަދަ ރައްކާތެރިކަމަކަށްވިޔަސް ހެޔޮކަމަށް ކުދިން ބުނެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ނުރައްކާ ބޮޑުކަމާއި ރައްކާތެރިކަން ފުރިހަމައަށް ފޯރުކޮށްދޭންޖެހޭކަމަށް ރައީސް ނަޝީދުގެ ދެދަރިން ދެކޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިވަގުތު ހޮޓެލް ޖެންގައި ހުންނެވީ ދައުލަތުން ފޯރުކޮށްދޭ ރައްކާތެރިކަމެއްގެ ގޮތުން ނިންމަމުންދާ މުރައިދޫގެ ނިމެންދެންކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފައިވަނީ ތިން ދުވަހުގެ މުއްދަތަށްކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ރައީސް ނަޝީދު ވަނީ ދޮގުކުރައްވާފައެވެ. އަދި ފުރާނެ ތާރީހެއް ހާމަކުރެއްވުމަށް އެމަނިކުފާނު ވަނީ ދެކޮޅުހައްދަވާފައެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފައިވަނީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: