ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ އިގްތިސާދީ ޖަރީމާއެއް: އަމީރު

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ޖީއެމްއާރް އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަތުލުމަކީ މިހާތަނަށް އިގްތިސޯދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ޖީއެމްއާރް އަތުން އެއާޕޯޓު އަތުލާފައިވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. އެއާޕޯޓް އަތުލި މައްސަލައިގެ ބަދަލުގެ ގޮތުގައި ޖީއެމްއާރުން އެދިފައި ވަނީ 1.4 ބިލިޔަން ޑޮލަރު ނަގައިދޭށެވެ.

މިނިސްޓަރ އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއާޕޯޓް އަތުލުމުން އާބިޓްރޭޝަނަށް ގޮސް ޖީއެމްއާރަށް 270 މިލިއަން ޑޮލަރު ދައްކަން ޖެހުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ސަރުކާރުގެ ބަޖެޓުން މަޝްރޫއުތަކަށް ފައިނޭންސް ކުރަންޖެހުނު ކަމަށެވެ. އޭގެ ސަބަބުން އެއް ބިލިއަން ޑޮލަރުގެ ލޯނެއް ނަގައި ދައުލަތުގެ ދަރަނި އިތުރުވެ، ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެންކަންކަން ކުރަން ބަޖެޓުގައި ފައިސާ ނެތް ކަމަށެވެ.

އަމީރު ވިދާޅުވީ ޖީއެމްއާރާއެކު ކުރިއަށްދިޔަ ނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށާއި ނަމަވެސް ހަތް އަހަރު ވެގެންދިޔައިރު ވެސް އަދިވެސް އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޖީއެމްއާރާއެކު 2014 ގައި އެއާޕޯޓު ތަރައްގީ ކުރެވުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެ އަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“މިއީ ޓޫރިޒަމްގެ އާމްދަނީން ރާއްޖެ އަށް ގެއްލިގެންދިޔަ 13.2 ބިލިއަން ޑޮލަރު. އެއީ އެތައް ބަޔަކަށް ގެއްލިގެންދިޔަ ވަޒީފާގެ ފުރުސަތުތައް. މިއީ އެތައް އާއިލާއަކަށް ގެއްލިގެންދިޔަ އާމްދަނީ” އޭނާ ވިދާޅުވި އެވެ.

އޭރު ރައީސްވެ މަގާމުގައި ހުންނެވި ރައީސް ނަޝީދު، ޖީއެމްއާރް ކުންފުންޏަށް ދިގު މުއްދަތަކަށް އެއާޕޯޓް ދިނުމަށް ނިންމީ ޖޫން 28، 2010 ގައެވެ. މިއެއްބަސްވުން އުވާލުމާގުޅިގެން ބަދަލުގެ ގޮތުގައި ރާއްޖެއިން، ޖީމްއެއާރަށް 270 މިލިއަން ޑޮލަރު ދައްކަންޖެހުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: