ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުޅަދޫ އާ އިންޖީނުގޭގެ މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ފުޅަދޫ އައު އިންޖީނު ގޭގެ ހުރިހާ މަސައްކަތެއް ނިމިފައި ވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފުޅަދޫގައި މީގެ ކުރިން ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުން ކުރަނީ 160، 128 އަދި 80 ކިލޯވޮޓުގެ 3 ޖަނަރޭޓަރެވެ. އެހެން ނަމަވެސް އައު އިންޖީނުގެ ހުޅުވިގެން މިދިޔައީ، ކެޕޭސިޓީ އިތުރަށް ފުރިހަމަ ކުރުމަށްފަހު 250 ކިލޯވޮޓުގެ އާ އިންޖީނަކާއެކުކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ، ފުޅަދޫ އާ އިންޖީނުގޭގެ މަސައްކަތް ނިމި, އައު އިންޖީނުގެއިން އެ ރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް މިމަހު 15 ގައި ދޭން ފެށިފައިވާކަމަށެވެ.

އާ އިންޖީނުގޭގައި އިންޖީން ރޫމާއި، ޕެނަލް ރޫމްގެ އިތުރުން އޮފީސް ބައެއްވެސް ހުންނާނެ ކަމަށާއި، މީގެ ކުރިން ދިމާވި އެތައް ކަމަކަށް އައު އިންޖީނުގޭގެ ސަބަބުން ހައްލު ލިބިގެން ދާނެ ކަމަށްވެސް ފެނަކައިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: