ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލުނު ކުއްޖާ ހޯދަން 4512 ނޯޓިކަލް މޭލު ބަލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އޮޅުވެލިފުށި ކައިރީގައި ހިނގި ކަނޑުމަތީގެ ހާދިސާގައި ގެއްލުނު ކުއްޖާ ހޯދަން ވައިގެ މަގުން 4512 ނޯޓިކަލް މޭލު ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރާ މިއަދު ސުވާލުކުރުމުން ވިދާޅުވީ ކުޑަ ކުއްޖާ ހޯދުމުގެ އޮޕަރޭޝަންގައި ޑޯނިއޯ މަތިންދާ ބޯޓު މިއަދުން ފެށިގެން ހަރަކާތްތެރިވާ ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ އޮޕަރޭޝަނުގައި މިހާތަނަށް ކަނޑުގެ މަގުން 131 ސްކޮއާ ނޯޓިކަލް މޭލު އަދި ވައިގެ މަގުން 4512 ސްކެއާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ޅ.އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން އެއް ނޯޓިކަލް މޭލުންނެވެ. ކަނޑަށް ގެއްލުނު އެކުއްޖާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް ކޯސްޓްގާޑުން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: