ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީ އެމްބިއުލާންސް ހޯދަން ބަޖެޓެއް ނެތް: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީ. ފޮޓޯ: ޑިފެންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސީ އެމްބިއުލާންސްގެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުތައް ވަރަށް ބޮޑަށް ބާވެފައިވި ނަމަވެސް އާ އެމްބިއުލާންސް ހޯދާނެ ބަޖެޓެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ލިޔުމުން ކުރެއްވި ސުވާލަށް، ލިޔުމުން ދެއްވި ޖަވާބުގައެވެ.

މިނިސްޓަރު މާރިޔާ މަޖިލީހަށް ލިޔުމުން ފޮނުވި ޖަވާބުގައި ވިދާޅުވެފައިވަނީ، ސީ އެމްބިއުލާންސްގެ ހިދުމަތަކީ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ އަސާސީ ހިދުމަތަކަށްވާއިރު، އެ ހިދުމަތް އެވަގުތަކު ފޯރުކޮށްދެވެން އޮތް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭތޯ އެމްއެންޑީއެފްއިން އަބަދުވެސް މަސައްކަތް ކުރާކަމަށެވެ. ނަމަވެސް ހިދުމަތް ސިފައިން މިހާރުވެސް ފޯރުކޮށްދެމުން ގެންދަނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައިކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި އެ ހިދުމަތް ފެށުމަށް ޓަކައި 2015 ވަނަ އަހަރު އެމްއެންޑީއެފާ ހަވާލުކުރި އުޅަނދު ތަކަކީ ގިނަ ދުވަސްވެ، ހާލަތު ދަށްވެފައިވާ އުޅަނދު ތަކަކަށް ވުމާއި، މުޅި ސީއެމްބިއުލާންސް ފްލީޓަށް ބަލާއިރު ގިނަ ލޯންޗްތައް މިހާރުވެސް ގްރައުންޑް ކުރެވިފައިވާ މިންވަރު އިތުރު ވުމާއި، ހާލަތު ދަށްވުމުގެ ސަބަބުން ވަރަށް ކައިރި ކުރިމަގެއްގައި ދޫކޮށްލަން ޖެހޭނެ އުޅަނދުތައް ގިނަވުން ހިމެނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އޭގެ ތެރެއިން 10 އުޅަނދެއް މާބޮޑަށް ބާވުމުން ހިދުމަތުން ބާކީކޮށްފައިވާ އިރު އަލަށް ނުވަ އެމްބިއުލާންސް ހިދުމަތައް ނެރެފައި ވެއެވެ. މިހާރު ހިދުމަތުގައި ބޭނުންކުރަނީ 26 އެމްބިއުލާންސޭވެ.

މާރިޔާ ވިދާޅުވީ މިއަހަރު އަލަށް ހޯދި ހަ އެމްބިއުލާންސް ފިޔަވައި ދެން ހުރި ހުރިހާ އެމްބިއުލާންސަކީ ވެސް ވަަރަށް އަވަހަށް މަރާމާތުކުރަން ޖެހޭ އުޅަނދުތަކެއް ކަމަށެވެ.

މުޅި ސީއެމްބިއުލާންސް ފްލީޓަށް ބަލާއިރު މިހާރުވެސް ގްރައުންޑް ކުރެވިފައިވާ މިންވަރު އިތުރުވުމަކީ، ހާލަތު ދަށްވުމުގެ ސަބަބުން ވަރަށް ކައިރި ކުރިމަގުގައި ދޫކޮށްލަންޖެހޭނެކަމަށް ލަފާކުރެވޭ އުޅަންދުތައް ގިނަ ނަމަވެސް، ބަޖެޓްގެ ދަތިކަމުގެ ސަބަބުން އެތަކެތި ދޫކޮށްލެވެން ނެތްކަމަށެވެ. އަދި ސީއެމްބިއުލާންސްތައް މަރާމާތު ކުރުމަށާއި، ބާވެ ހާލަތު ދަށްވެފައިވާ އުޅަނދުތައް ބަދަލުކުރުމަށް އެކަށޭނެ މިންވަރަށް ބަޖެޓެއް ލިބިފަިއނުވާކަމަށްވެސް މިނިސްޓަރު މާރިޔާގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: