ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އަހަރުތެރޭ އޭސީސީގެ މަސައްކަތް ވަރަށް ބޮޑަށް ރަނގަޅުކުރެވިއްޖެ: ޝިއުނާ

އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވެގެންދިޔަ ދެ އަހަރު ދުވަހުގެ ތެރޭ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތް ވަރަށް ބޮޑަށް އިސްލާހުކުރެވިފައިވާކަމަށް ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އޭސީސީއިން ހާޒިރުވެ، އޭސީސީގެ މަސައްކަތުގެ ސްޕީޑާއި ގުޅޭގޮތުން ކޮމެޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ވަނީ ޖަވާބުދެއްވާފައެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި ނިންމުމަށް އޭސީސިއިން ކުރަމުންދާ މަސައްކަތުގެ މައުލޫމާތުވެސް ކޮމެޓީއާއި ވަނީ ހިއްސާކޮށްފައެވެ.

މެމްބަރުންނަށް ސުވާލުކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ކުރެއްވި ސުވާލަށް ހަވާބު ދެއްވަމުން ކޮމިޝަންގެ ރައީސާ ޝިއުނާ ވިދާޅުވީ ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި ކޮމިޝަންގެ މަސައްކަތްތައް ވަރަށް ބޮޑަށް އިސްލާހު ކުރެވިފައިވާކަމަށެވެ. އެގޮތުން ކޮމިޝަނުން މައްސަލަ ނިންމާ ސްޕީޑާއި، ދައުވާކުރުމަށް ފޮނުވާ މައްސަލަތަކުގެ އަދަދުވެސް ފާއިތުވި އެހެން އަހަރުތަކާއި އަޅާ ބަލާއިރު މިހާރު އެއަދަދު އިތުރުކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި ކޮމިޝަންގެ މަސައްކަތްތަކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިއުނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލަ ބަލައި ނިންމުމަށް މިހާރަށްވުރެ ބޮޑު ބަޖެޓެއް ބޭނުންވާނެކަމަށާއި އިތުރު މުވައްޒަފުންވެސް ބޭނުންވާނެކަމަށް ޝިއުނާ ވިދާޅުވިއެވެ. އާންމު އުސޫލެއްގެ ގޮތުގައި ބަލާއިރު، އެމްއެމްޕީއާރްސީ ފަދަ ޚިޔާނާތުގެގެ މައްސަލަ ބަލައި ނިންމުމަށް އަށް މަސްދުވަހުގެ މުއްދަތެއް ބޭނުންވާނެ ކަމަށެވެ. އެހެންނަމަވެސް، މިވަގުތު ހުރި ވަސީލަތްތަކާއި ބަޖެޓުން ސަރުކާރާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ސްޕީޑްގައި އެމަސައްކަތް ކުރިއަށްނުދާނެކަމަށް ޝިއުނާ ވިދާޅުވިއެވެ. އޭސީސީގެ މަސައްކަތްތައް ކުރިއަށްވުރެ ރަނގަޅުވެފައިވާކަން ގަބޫލުކުރާނަމަވެސް، އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ސްޕީޑް ލަސްކަމަށް ގަބޫލުކުރައްވާކަމަށް ޝިއުނާ ވިދާޅުވިއެވެ.

“އިތުރު 12 މުވައްޒަފުންނާއި ހަތަރު މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ މިމައްސަލަ ބަލަން. ފިނޭންސް މިނިސްޓްރީއަށް އެކަން ވާނީ ހުށައަޅާފައި. މިހަފްތާތެރޭ މިބައްދަލުވުން ބޭއްވޭނެކަމަށް ބެލެވޭ” އޭސީސީގެ ރައީސާ ޝިއުނާ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ޖޮއިންޓް އިންވެސްޓިގޭޝަންއެއްގެ ގޮތުގައި ކުރިއަށްދާއިރު ކުރީ ސަރުކާރުގައި ނުއަގުގައި ފަޅުތަކާއި ރަށްތައް ވިއްކި މައްސަލާގައި މިހާތަނަށް އައިއިރު ތަހުގީގު ކުރިއަށްގެންދާ ސްޕީޑާއިމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ. މިހާތަނަށް އައިއިރު ބަދަލުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ލިބިފައިނުވާއިރު ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބެލެވޭ މީހުންގެ ލިސްޓެއް ދާދިފަހުންވެސް ވަނީ އާންމުކޮށްފައެވެ. އެހެންނަމަވެސް، މިހާތަނަށް އައިއިރު ހުކުމަކާއި ހަމައަށް އާދެވިފައިވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ނައިބްރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތަށް އެކަންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: