ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮސިލް ފިއުލް ބޭނުންކުރުން މަދުކޮށް، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން މުހިންމު: ޝާހިދު

ޝެއާރކޮށްލާ ކަހަލަދޯ؟

އިއާދަކުރަނިވި ހަކަތައަކީ ދުނިޔޭގެ އެންމެ އަގުހެޔޮ ހަކަތައިގެ ވަސީލަތް ކަމަށް ވުމާއިއެކު، ފޮސިލް ފިއުލާއި ކޯލްގެ ބަދަލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށް ވަޒީފާގެ ފުރުސަތު އިތުރު ކުރެވޭނެ ކަމަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ އާއްމު މަޖިލީހުގެ “ހައި-ލެވެލް ތީމެޓިކް ޑިބޭޓް އޮން ޑެލިވަރިން ކްލައިމެޓް އެކްޝަން: ފޮރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ” ގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ޚުދު އޭނާއަކީވެސް ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، އެޤައުމެއްގެ ދެމިއޮތުން ނުރައްކަލަށް ހުށަހެޅިފައިވާ ދިވެހިރާއްޖެއަށް ނިސްބަތްވާ މީހެއްކަމަށެވެ. އަދި ހުރިހާ ރަށްރަށުގެ ރައްޔިތުންވެސް، މިއީ ނުރައްކަލެއްކަމުގައި ގަބޫލުކޮށް އެކަމާ ދޭތެރޭގައިވަނީ ހޭލުންތެރިވެފައިވާކަމަށް ވެސް މަނިކުފާނު ވިދާޅުވިއެވެ.

ޝާހިދު ފާހަގަކުރެއްވި ގޮތުގައި އެމަނިކުފާނުގެ އުންމީދު ބިނާވެފައިވަނީ ކުރިމަތީގައި ހުރި ގޮންޖެހުންތައް ފުރިހަމަކަމާއެކު ވަޒަންކޮށް، އަދި އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ އެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަންލިބިފައިވާކަން ގަބޫލުކުރުމުގެ މައްޗަށް ކަމަށެވެ. އދ. ގެ އާއްމު މަޖިލީހުގައި ޝާހިދު ބޭނުންވަނީ މި ރޫހު އާލާކރަން ކަމަށް ވެސް މަނިކުފާނު ވިދާޅުވިއެވެ.

މިއަދު އަމާޒު ހިފައިފާ ވަނީ ކޮޕް 25 އިން ފެށިގެން ކޮޕް 26 ގެ ދޭތެރޭގައި ހޯދިފައިވާ ކުރިއެރުންތައް ދެނެގަނެ ހީނަރުވެފައިވާ ދާއިރާތަކުން ހޯދުމަށް ކުރަމުން އައި މަސައްކަތުން ކުރަމުން ލިބުނު ފިލާވަޅުތަކަށް ރިއާއަތް ކުރުމަށް ކަމަށް ފާހަގަ ކުރަމުން ޝާހިދު ވިދާޅުވީ މިކަމުގެ ސަބަބުން މަޖިލީހުގެ އެންމެ ފަރާތްތަކުންވެސް ތާއިދު ކުރާ ފަދަ ފައިދާހުރި ހައްލުތަކަށް އަލި އަޅުވާލެވޭނެ ކަމަށެވެ.

” އަޅުގަނޑު އުންމީދު ކުރަން އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ ކަމަށް. އެކަން ކުރުމަށް ބޭނުންވާ ސައިންސް އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެންގެ ޤާބިލްކަން އެބަހުރި. އަޅުގަނޑުމެންގެ އަތުގައި ވަސީލަތްތައް އެބަހުރި. އެކުގައި މަސައްކަތް ކުރަމާ ހިންގަވާ.”

މީގެ އިތުރުން ފުރާޅުގައި ސޯލަރޕެނަލް ހަރުކުރުމަށް ފޯރުކޯށްދޭ މާލީ އެހީތެރިކަމާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް އެކި ޤައުމުތަކުގައި ހަދަމުންދާ ގަވާއިދުތަކާއި އަދި އިލެކްޓްރިކް ވެހިކަލްތަކަށް ދެމުންދާ ޓެކްސް ކްރެޑިޓްތައް ފަދަ އެކިއެކި ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ސާފު ހަކަތަ ބޭނުންކުރުމަށާއި، އެއާއެކު ހަރަދު ކުޑަކުރުމަށް ބާރު އެޅިގެންދާ ކަމަށް ވެސް ޝާހިދު ފާހަގަކުރެެއްވި އެވެ.

އދ. ގެ އާއްމު މަޖިލީހުގެ މަސައްކަތް އަމާޒުކުރަންޖެހޭނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް މަދުވެގެން 1 ޓްރިލިއަން ޑޮލަރުގެ އެހީ ލިބޭނެކަމުގެ ޔަގީންކަން ދިނުމަށް ކަމަށާއި ކުރިމަތިވަމުންދާ ދަތިތަކާ ހުރެވެސް މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތާއި މެމްބަރު ގައުމުތަކުގެ އަމާޒުތައް އިތުރުވަމުން ދާކަމީ އެންމެންނަށްވެސް ހާމާވެގެންދާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޝާހިދު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނެދެވޭ އަސަރާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބެ އެއްބާރުލުމާއި ރުހުމަށް ތައުރީފުކޮށްފައެވެ. އަދި ބައްދަލުވުމެއް ބާއްވައި ވާހަކަ ދެއްކި ނަމަވެސް ދިމާވާ ގޮމްޖެހުންތަކުން ހައްލެއް ނާންނާނެ ކަމަށާއި ހައްލުތައް ހާސިލު ކުރެވޭނީ އަޅާ ފިޔަވަޅުތަކުން ކަމަށް އެމަނިކުފާނު ގަބޫލުކުރައްވައެވެ.

ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށް ވެފައި މިއީ އެންމެ ބޮޑު އިސްކަމެއް ދޭނެޖެހޭ މައްސަލަކަމަށް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ. މޫސުމީ ބައްދަލުތަކުގެ ސަބަބަުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް ކޮވިޑް 19 ގެ ދަތި އުނދަގުލުން އަރައިގަތުމަށްޓަކައި، ބޭނުންކުރެވިފައި ވީ ނަމަވެސް ކުރިމަތީގައި މިއޮތީ ދުނިޔޭގެ އެންމެ ބޮޑު ރިކަވަރީ ކަމަށް އިޝާރާތް ކުރަމުން ޝާހިދު ވަނީ މި ރިކަވަރީގެ ހުރިހާ ފަންޑަކީ ވެސް ތިމާވެއްޓާ ރައްޓެހި ފައިސާކަން ކަށަވަރު ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ހަމައެއާއި އެކު، އެންމެ ނާޒުކު ގަމުތަކުގެ ތެރޭގައި ހިމެނޭ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ފަދަ ގައުމުތަކަށް، ކޮވިޑްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ވަނީ ހުރަސްތައް ކުރިމަތިވެފައި ކަމަށް ވެސް އެމިނިކުފާނު ވިދާޅުވިއެވެ. މަޖިޅީހުގެ އެންމެ ބޮޑަށް ބޭނުންވަނީ، މޫސުމަށް އަންނަ ބަދަލުތައް ހައްލުކުރުމުގައި ޒުވާން ކުދިންނާއި އަންހެނުންނާއި އަދި މިނޫންވެސް ހުރިހާ ފަރާތްތައް ބާރުވެރިކުރުވާ، މުޅި މުޖްތަމައު އެކަމުގައި ޝާމިލުކުރުުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ލީޑަރުން ގެ ބޮޑު އެއްވުމުގައި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގަތުމުން އެކަމަށް ބޮޑު ހިތްވަރެއްލިބުނުކަމަށާއި  އ.ދ.އަކީ އެންމެން އެއްތަނަކަށް އެއްވެ، ރަނގަޅު ބަދަލެއް ގެނައުމުގައި މަސައްކަތް ކުރެވޭނެ ތަނެއް ކަމަށް ގަބޫލުކުރާ ގަބޫލުކުރުން އިތުރަށް ވަރުގަދަވެގެން ގޮއްސި ކަމަށް އެމިންކުފާނުއުފަލާއިއެކު ފާހަގަކުރެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: