ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޕް26 ގައި ބައިވެރިވުމަށް ރައީސް ނަޝީދު ސްކޮޓްލެންޑަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮޕް26 ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސްކޮޓްލެންޑަށް ފުރާ ވަޑައިގެންފިއެވެ.

އާދީއްތަ ދުވަހު ފަށާނީ ކޮޕް26 އަކީ ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ޤައުމުތަކުން ކަނޑައަޅާ ލަނޑުދަނޑިތަކާއި ދުނިޔެ ހޫނުވުން ހުއްޓުވައި މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ޙައްލެއް ގެނައުމަށް ނިންމުންތައް ނިންމަން އެތައް ސަތޭކަ ޤައުމެއް ގުޅިގެން ބާއްވާ މުހިންމު ބައްދަލުވުމެެކެވެ.

މިފަހަރުގެ ސަމިޓުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ. ކޮޕް 26 ގައި ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރަން ބޭނުންވާ މާލީ އެހީތައް ހޯދަން މަސައްކަތްކޮށް އަޑު އުފުލާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: