ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޕް26: ދުނިޔޭގެ އެންމެ ބޮޑު ތިމާވެއްޓާއި ބެހޭ ސަމިޓު އަންނަ އާދިއްތައިގައި

ތިމާވެށީގެ ގިނަ މައްސަލަތަކެއް ރާއްޖޭގައި ވަނީ އުފެދިފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ގެ އެންމެ ބިޔަ ތިމާވެއްޓާއި ބެހޭ ސަމިޓު ކަމަށްވާ ކޮޕް26 މިއަންނަ އާއްދިތަ ދުވަހުން ފެށިގެން ކުރިއަށްދާނެ އެވެ.

މި އަހަރުގެ ކޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ސްކޮޓްލޭންޑްގެ ގްލާސްގޯގައި ކަމަށް ވުމާއިއެކު ދުނިޔޭގެ ހިސާބުތަކުގެ ލީޑަރުން ވަނީ އެ ގައުމުގެ ގްލާސްގޯއަށް ދަތުރުކޮށްފައެވެ. މިއީ ދުނިޔޭގެ ގިނަ ބަޔަކު އިންތިޒާރު ކުރާ، ތިމާވެއްޓައި ބެހޭ ގިނަ ސުވާލުތަކަަކަށް ޖަވާބު ލިބިގެންދާނެ ސަމިޓެއްކަން ޔަގީނެވެ.

އދގެ ފަރާތުން ބައްވާ ކޮޕް26 ގެ މައިގަނޑު މަގްސަދަކީ ދުނިޔެއަށް ދިމާވަމުންދާ އެންމެ ނުރައްކާތެރި މައްސަލަކަމަށް ވާ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމެވެ. ދުނިޔޭގެ ތިމާވެށީގެ އިސް މާހިރުންތަކާއި އެކު ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ބައިވެރިވާ މި ސަމިޓުގެ ނަތީޖާއެއްގެ ދުނިޔޭގެ އެންމެންވެސް އުއްމީދުކުރަނީ ތިމާވެށީގެ މައްސަލަތަކުން އަރައިގަނެވޭނެ ހައްލުތަކެއް ހޯދައި ދިނުމެވެ.

ކޮވިޑުގެ ސަބަބުން މުޅި ދުނިޔެ ދަތިވެފައި އޮތް މި ދުވަސްކޮޅު، މޫސުމީ ބަދަލުތަކުގެ ނުރައްކާއަށް ހައްލު ހޯދުމަށް ކުރިމަތިލައި މިފަދަ ބޮޑު ހަރާކަތެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މި ސަމިޓު ބާއްވައި، ބިރު ހީވެފައިވާ އެތައް ގައުމަކަށް ސަމިޓުގެ ސަބަބުން ފަހި ނަތީޖާއެއް ހޯދައިދިނުމެވެ.

ސަމިޓުގައި ގިނަ ގައުމުތަކުން ބޭރުކުރާ ގޭސް ގެ އަދަދު މަދު ކުރުމުގެ އިތުރުން ތިމާވެއްޓާއި ރައްޓެހި ގޮތަށް އަަލުކުރުމަށް އިރުޝާދުދެވިގެންދާނެއެވެ. ސަމިޓު ކުރިއަށްދާ ދެ ހަފުތާގެ ތެރޭގައި މުޅިން އާ ކަންކަން އިއުލާނުކުރެވިގެންދާނެ ކަމަށާއި ބައެއް ކަންކަމަކީ ޕެރިސް އެގްރީމެންޓު ތަންފީޒު ކުރަން އަމަލު ކުރާނެ އުސޫލާ ގުޅޭ ކަންކަމެވެ.

ކޮޕް 26 ތެރެއިން މަޝްވަރާކުރާނެ ކަމަށް ބުނެވޭ ކަންތަކުގެ ތެރޭގައި ކަރަންޓު ކާރަށް ބަދަލު ކުރުމާއި ކޯލް ހަކަތަ ބޭނުންކުރުން އަވަސް ކުރުމުގެ އިތުރުން ގަސްތައް ކެނޑުން މަދުކުރުން ހިމެނެވެއެވެ. އަދި ކޯސްޓަލް ޑިފެންސް ސިސްޓަމަށް ފަންޑުކޮށް މޫސުމީ ބަދަލުގެ އަސަރުން ގިނަ ބަޔަކު ރައްކާތެރި ކުރާނެ ގޮތްތައް ހޯދުން  ހިމެނެއެވެ.

ގްލާސްގޯގައި ބޭއްވޭ މި ސަމިޓުގައި ޖުމްލަ 120 ގައުމަކުން 25،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ އިރު، މީގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. ކޮޕް26 ގައި ރާއްޖެ ތަމްސީލުކުރާ ވަފްދުގެ އިސް ބޭފުޅަކަށް ހުންނެވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިް މުހައްމަދު ސޯލިހެވެ. އަދި އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ހަމައެއާއިއެކުގައި ސަރުކާރުގެ ވުޒާރާތަކުންނާއި އިސް ބޭފުޅުން މި ވަފްދުގައި ހިމެނެއެވެ.

ރާއްޖެއިން މި ސަމިޓުގައި ބައިވެރިވާ ރާއްޖޭގެ އެނވަޔަރަންމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވަނީ މި ސަމިޓުގައި ބައިވެރިވަނީ 2 އަމާޒެއް ހާސިލުކުރުމަށް ކަމަށެވެ. އެއީ އެއްބަސްވުމަކަށް ބާރުއެޅުމުގެ އިތުރުން ހިލޭ އެހީ ހޯދުން ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ރާއްޖެ ދިމަވާ ތިމަވެށީގެ މައްސަލަތަށް ހއަލު ކުރުމަށް އެންމެ ކުރީ ސަފުިގައި ރާއްޖޭގެ ލީޑަރުން ނުކުމެ ތިބިއިރު ކޮޕ26 އިން ބޭނުންވަނީ މާލީ އެހިތެރިކަން ކަމަށް ޝައުނާ ވިދާޅުވެފައިވާކަންވެސް ފާހަގަކުރަންޖެހެއެވެ.

ހުއްޓުމެއް ނެތި ދެކެވެމުންދާ ކޮޕް26 ގެ ވާހަކަ އަޑުއަހާ ކޮންމެ ބަޔަކުވެސް ދެކެނީ މިއީ މޫސުމީ ބައްދަލުތަކުގެ ނުރައްކަލުން ސަލަމާތްވެ ރާއްޖެ ފަދަ ނެތިދިއުމުގެ ބިރުހީވެފައިވާ ގައުމުތަކަށް ބޮޑެތި އިންގިލާބުތަކެއް ނެރެވިގެންދާނޭ ފަދަ އިވެންޓެއްގެ ގޮތުގައެވެ.  ކޮންމެ މީހެއްގެވެސް އުއްމީދަކީ މި ސަމިޓު ނިމިގެންދާއިރު ދުނިޔެ މިއޮތް ހާލަތަށް ބަދަލު އަންނަތަން ފެނިގެންދިއުމެވެ.

ސްކޮޓްލޭންޑްގެ ގްލާސްގޯގައި ބެއްވޭ ކޮޕް26 އޮންނާނީ މި އާދިއްތަ ދުވަހު ފެށިގެން ގޮސް ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: