ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައިހުޅުމާލެ ވޮލީ ބޯލް ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަަތު ހުޅުވާލައިފި

އެޗްޑީސީ/ ފޮޓޯ:- އެމްވީ ޕްލަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިންގ ޑެވެލޮޕމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ “މައިހުޅުމާލެ ވޮލީ ބޯލް ކޭމްޕް 2021” ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މައިހުޅުމާލެ ވޮލީ ބޯލް ކޭމްޕުގެ ނަމުގައި ބޭއްވޭ މި ކުޅިވަރުގެ ކޭމްޕްގެ މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށްގެން ވޮލީ ބޯލް ގެ ބޭސިކް ސްކިލްސް ދަސްކޮށްދިނުމެވެ. އަދި މިކޭމްޕަކީ ކުދިންގެ މެދުގައި ބޯޅައަށް އޮންނަ ޝައުގު އިތުރުކުރުމަށްޓަކައި ހިންގޭ ކޭމްޕެކެވެ.

12 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ކުދިންގެ ތެރެއިން ފުރަތަމަ ފޯމް ހުށައަޅާ 40 އަންހެން ކުދިންނާއި 40 ފިރިހެން ކުދިންނަށް މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ޖުމްލަ 80 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކޭމްޕެކެވެ.

މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޮލީ ބޯލް ފެސްޓިވަލެއްގެ ގޮތުގައި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޭމްޕް ނިމިގެން ދާނީ ބައިވެރިވާ ކުދިންގެ މެދުގައި ބޭއްވޭ 1 ދުވަހުގެ މުބާރާތެއް ބޭއްވުމާއި އެކުގައެވެ.

“މައި ހުޅުމާލެ ވޮލީ ބޯލް ކޭމްޕް 2021″ގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެޗްޑީސީ ގެ ރިސެޕްޝަނުންނާއި ގޫގްލް ފޯމް މެދުވެރިކޮށް އޮންލައިންކޮށެވެ. މި ކޭމްޕްގައި ބައިވެރިވުމަށް ހުޅުވާލެވިފައިވަނީ ނޮވަމްބަރު މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 15:00 ގެ ކުރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: