ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޕް 26: މިއީ ލިބޭ ފަހު ފުރުސަތަށް ވެދާނެ!

ތިމާވެށީގެން ކަންތަކާއި ގުޅޭގޮތުން ބޭއްވި ހިނގާލުމެއްގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އާދީއްތަ ދުވަހު ސްކޮޓްލޭންޑުގެ ގްލާސްގޯގައި ފަށާ، މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރާ ކޮންފަރެންސް ކޮޕް 26 އަކީ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް ވަރަށް މުހިންމު ބައްދަލުވުމެކެވެ. މިއީ ދުނިޔޭގެ ބޮޑެތި އެތައް ގައުމެއްގެ ވެރިން އެއްތަނަކަށް ޖަމާވެ، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދައިދޭނެ ބައްދަލުވުމެއްގެ ގޮތުގައި ގަބޫލު ކުރެވެ އެވެ.

ރާއްޖެއަށް ކޮޕް 26 މުހިންމުވަނީ، 12 އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމުގެ ވެރިއަކު އެ ކޮންފަރެންސްގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ރާއްޖެ ތިމާވެށީގެ ގޮތުން ނާޒުކު ފައްތަރެއްގައި އޮތުމެވެ. ކަނޑުގެ ލޮނުގަނޑު އުފުލޭ ވާހަކައާއި، އޭގެ ސަބަބުން ރަށް ގިރުންފަދަ މައްސަލަތައް ދިމާވާކަމަށް ދާއިރާގެ މާހިރުން ހަރު އަޑުން ގޮވާލަމުން ދިޔަ ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވި އޮތުމުގެ ނަތީޖާއަކީ މިއީ ރާއްޖެ ސަލާމަތް ކުރަން ލިބޭ ފަހު ފުރުސަތުގެ ގޮތުގައި ބުނަން ޖެހުމެވެ.

ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ދުނިޔޭގެ ހޫނިމިން އެތައް ގުނައެއް އިތުރުވެފައިވާއިރު، މޫސުމީ ބަދަލާއި ގުޅިފައިވާ ބޮޑެތި ހާދިސާތައް ރިކޯޑު އަދަދަކަށް 2020 ވަނަ އަހަރު ހިނގާފައި އެބހުއްޓެވެ. އެޓްލާންޓިކް ކަނޑުގައި އުފެދުނު އެންމެ ބޮޑު ތޫފާންތަކާއެކު، ކެލިފޯނިއާގެ ޖަންގަލިތަކުގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާ، އޭޝިއާ އާއި އެފްރިކާގައި ފެނުގެ ކާރިސާގައި އެތައް ބަޔަކު ގެއްލި މަރުވުން ހިމެނެ އެވެ.

އަހަރު ފެށުނީ އޮސްޓްރޭލިއާގައި ރޯވި އަލިފާންގަނޑުތަކުގެ ސަބަބުން އެތައް ހާސް ބަޔަކު އެ ސަރަހައްދު ދޫކޮށްދާން މަޖުބޫރުވެ، 29 މީހުން މަރުވެ، ބިލިއަނަކަށްވުރެ ގިނަ ޖަނަވާރު މަރުވި ހާދިސާ އާއި އެކު އެވެ. ދުނިޔޭގެ އެންމެ ބޮޑު ޓްރޮޕިކަލް ވެޓްލޭންޑް ކަމަށްވާ ޕަންޓަނާލް ގައި މި އަހަރުގެ ހޫނު މޫސުމުގައި ރެކޯޑް އަދަދަކަށް ޖަންގަލިތަކުގައި ރޯވިއިރު، ބޮލީވިއާ، ބްރެޒިލް އަދި ޕެރަގުއޭގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑުތައް ވަނީ ރެކޯޑް އަދަދަކަށް މައްޗަށް އަރާފައެވެ. މީގެ ތެރެއިން ގިނަ އަލިފާންގަނޑުތަކަކީ ހޫނުގަދަވެ ހިކި އަނަރޫފަ ވުމުގެ ސަބަބުން ފެތުރިގެން ދިޔަ އަލިފާންގަނޑުތަކެވެ.

ޖައްވުގެ ތެރެއަށް ހޫނުކުރާ ގޭސްތައް ބޭރުކުރާ ފޮސިލް ފިއުލް އަންދައިގެން ދުނިޔެ ދަނީ ދުވަހުން ދުވަހަށް ހޫނުވަމުންނެވެ. ކަނޑުތައް އުފުލެމުން ގޮސް، ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތަކާއި، މޫސުމީ ރާޅުތައް ފަދަ ނުރައްކާތެރި ކާރިސާތަކާއި، ފެންބޮޑުވުމުގެ ކާރިސާތައް ދަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ހިސާބެއްގައިވެސް މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ދަނީ ފެންނަމުންނެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ ޖަމްއިއްޔާ، އައިޕީސީސީގެ ސައިންސްވެރިންގެ ބައިނަލްއަގްވާމީ ޓީމަކުން އެކުލަވާލި އެންމެ ފަހުގެ ރިޕޯޓްގައި ބުނެފައިވަނީ، އަހަރެމެންގެ މި ކުޑަ ދުނިޔޭގެ މުސްތަގުބަލު ކިހާ އަނދިރިވެފައިވާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ފަހަތުގައިވާ ފިޒިކަލް ސައިންސްގެ މައްޗަށް އަލިއަޅުވާލައި އައިޕީސީސީގެ ހަވަނަ އެސެސްމަންޓް ރިޕޯޓުގެ ފުރަތަމަ އިންސްޓޯލްމަންޓްގައި، ދުނިޔެ ހޫނުވުމުގެ ސަބަބުން އިންސާނިއްޔަތަށް ކުރާނެ އަސަރު ނުވަތަ ނުކުރާނެ ގޮތްތައް ފަސް ސިނޭރިއޯއަކަށް ރިއާޔަތްކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ. އެމީހުން ހާމަކުރާ ގޮތުގައި މި ޒަމާނުގެ ބައެއް ހަރުކަށި ޕްރޮޖެކްޝަންތައް އައުމުގެ ފުރުސަތު ކުޑައެވެ. އެކަމަކު އެ ރިޕޯޓުގައި ހިމެނޭ ކޮންމެ ސިނޭރިއޯއަކީ ވެސް 2015 ވަނަ އަހަރު ޕެރިސް ކްލައިމެޓް އެގްރީމަންޓުގެ އެއް ޓާގެޓަށް ވުރެ މައްޗަށް އަރައިގެން ދިޔަ ސިނޭރިއޯއެކެވެ. ދުނިޔެ މިހާތަނަށް ހޯދާފައިވާ ހައްލުތަކަށް ވުރެ އެތަައް ގުނައެއް، އިތުރަށް ވިސްނައި އަންނަ ބަދަލުތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ އިރު، އެ ފިޔަވަޅު އެޅުމުގެ ދޮރު ދަނީ ބަންދުވަމުންކަން ގަބޫލު ކުރަން ޖެހެ އެވެ.

ނަމަވެސް “ސިނޭރިއޯ އަކީ ޕްރިޑިކްޝަންތަކެއް ނޫން” ކަމަށް ރިޕޯޓުގައި ވެއެވެ.

ފާއިތުވި 10 އަހަރަކީ މިހާތަނަށް ރިކޯޑު ކުރެވުނު އެންމެ ހޫނު ގަދަ 10 އަހަރެވެ. އަވަސް ފިޔަވަޅު މުހިންމީ އެހެންވެ އެވެ. އާދީއްތަ ދުވަހު ފަށާ ކޮޕް ސަމިޓުގައި 200 ގައުމަކުން 2030 ވަނަ އަހަރު އަންނަން ވާ އިރަށް ޖައްވަށް ބޭރު ކުރާ ގޭސް މަދު ކުރަން އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލާއި އެ ގައުމުތަކުގެ ވިސްނުން ހުށަހަޅާނެ އެވެ.

ކޮޕް 26 އާއި ކުރިމަތިލީ އިރު އެންމެންގެ ސުވާލަކީ ޕްރިސް އެގްރިމެންޓަށް ވީގޮތެވެ. ޕެރިސް އެގްރީމަންޓް އަކީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާއެކެވެ. އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމާއި، އެޑަޕްޓޭޝަން އަދި ފައިނޭންސް ގެ މައްޗަށް އެކުލެވިގެންވާ ކަމެކެވެ. މި އެއްބަސްވުމަކީ 2015 ވަނަ އަހަރު ޕެރިސްގައި ބޭއްވި އދ ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސްގައި 196 ފަރާތަކުން މަޝްވަރާކޮށްފައިވާ އެއްބަސްވުމެކެވެ. މިއަށް އަމަލު ކުރަން ފެށީ 4 ނޮވެމްބަރ 2016 ގައެވެ.

ގްލާސްގޯގެ މަޝްވަރާތައް ފަސޭހައެއް ނުވާނެ އެވެ. ދުނިޔޭގެ އެއް ބާރުކަމަށް ވާ އެމެރިކާއިން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް އިތުރު އާ ލަނޑުދަނޑިތަކެއް ކަނޑައަޅައި، އާ ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ގައުމުތަކަށް ބާރުއަޅަމުން ދިޔަ ނަމަވެސް، ޗައިނާއިން މަސައްކަތް ކުރަނީ އެއާއި އިދިކޮޅަށެވެ. ޖަވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމަށް ކުރާ މަސައްކަތުގައި ޗައިނާގެ ފަރާތުން އެއްބާރުލުމެއް ނުލިބެ އެވެ. އަދި އެމެރިކާއިން ސީދާ ގޮތެއްގައި މަސައްކަތެއް ނުކުރެ އެވެ. 

20 ގައުމުގެ މައްޗަށް އެކުލެވޭ ގްރޫޕްގެ ލީޑަރުން ޕެރިސްއަށް އެއްވާނެ އެވެ. ބައްދަލުވުމުގައި އެކުލަވާލާނެ ޕެރިސް އެގްރީމަންޓުގެ މަގްސަދަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، އެޑަޕްޓޭޝަން މަޝްރޫއުތަކަށް ފައިނޭންސް ހޯދުމުގެ މެދުގައި ބެލެންސް އެއް ގާއިމުކުރުމެވެ. މީގެ އިތުރުން މި މަޝްވަރާތަކުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި، ލިބޭ ގެއްލުންތަކުގެ މައްޗަށް އަލުން ބައްލަވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ބަދަލު ނުގެނެވޭނެ ފަދަ ނާޒުކު އާބާދީތަކަށް ލިބިދާނެ ގެއްލުންތަކާއި، ލިބޭ ގެއްލުމުގެ ބަދަލު، ހާއްސަ ގޮތެއްގައި، އެ އާބާދީތަކަށް ލިބިދާނެ ގެއްލުންތަކާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެ އެވެ.

ކޮޕް 26 ގައި ނިންމާނެ މުުހިންމު ނިންމުންތައް

ކޮޕް 26 ގެ މަންދޫބުން އަމާޒު ހިފާނީ “ޕެރިސް ރޫލް ބުކް” ފައިނަލް ކޮށް، 2015 ވަނަ އަހަރު އެކުލަވާލި ޕެރިސް އެގްރީމަންޓަށް އަމަލު ކުރުމަށް ބޭނުންވާ އުސޫލްތައް ފައިނަލް ކޮށް، މެޑްރިޑްގައި ކޮޕް 25 އިން ނުނިމި ހުރި މައްސަލަތައް ނިންމާށެވެ. އަދި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރަށް ބޭނުންވާ ޒަރޫރީ ނެގޯޝިއޭޝަން އައިޓަމްތައް ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރާނެ އެވެ.

ކޮވިޑް-19ގެ ސަބަބުން މަލްޓިލޭޓަރަލް ކްލައިމެޓް ޗޭންޖް ޕްރޮސެސްއަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ދެފުށް ފެންނަ، އެންމެން ޝާމިލުވާ ގޮތަށް އަދި ހުރިހާ ގައުމަކާ އެކު އެއްބައިވަންތަކަމާއެކު ކުރިއެރުން ހޯދުމަށް މަސައްކަތް ކުރާނެކަމަށް ގައުމުތަކުން ވަނީ ބުނެފަ އެވެ. ކޮޕްގެ ރައީސް ޑިސިޕްޝަން އަލޯކް ޝަރްމާ ވަނީ ވިދާޅުވެފަ އެވެ.

ކޮޕް26 ސަމިޓަކީ 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހާސިލުކުރެވިފައި ނުވާ އަދި ހާސިލުނުކުރެވި ހުރި ކަންތައްތަކަށް އަލިއަޅުވާލާ ސަމިޓެއްގެ ގޮތުގައި ދެކޭއިރު، ޕެރިސް އެގްރީމަންޓުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހަރުދަނާ ޕްލޭންތަކެއްވެސް ވަނީ ރާވާފައެވެ. މި ލަނޑުދަނޑިތައް ހާސިލު ކުރުމަށް ބޭނުންވާ މިންވަރަށްވުރެ މޫސުމާބެހޭ ވައުދުތައް މިހާރުވެސް ކުޑަވަމުންދާކަމުގެ އިންޒާރު އދ ގެ ތިމާވެށްޓާއި ބެހޭ ޕްރޮގްރާމްއިން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: