ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދުގެ އަޑުއެހުމެއް އަންނަ މަހަށް ތާވަލްކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި އަންނަ މަހަށް ތާވަލުކޮށްފިއެވެ.

ސްޕްރީމް ކޯޓުން މިމައްސައިގެ އަޑު އެހުމެއް ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ 8 ވަނަ ދުވަހަށެވެ. އެ މައްސަލައިގެ ޝަރީއަތަށް ކުރިން ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ވެސް އެ ކޯޓުން ކުރިން އޮތީ ހުކުމްކޮށްފައެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އެ ހުކުމް މިހާތަނަށް ތަންފީޒެއް ނުކުރެވެއެވެ.

ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއްނުވެއެވެ.

އޭނާ އިނގިރޭސިވިލާތުގައި ހުންނަވައިގެން ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން އޭނާއަށް ދޭން ނިންމުމުން ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އަދި އެ މައްސަލަ ނިމެންދެން، އޭނާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދަން އެ ކޯޓުން އޮތީ އަމުރެއް ނެރެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: