ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ ހުކުރު ދުވަހު އިދިކޮޅުން ސުލްހަވެރި ހިނގާލުމެއް ބާއްވަނީ!

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރާކާތެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

“މިނިވަންކަމުގެ ދިފާއުގައި ދިވެހިން” ގެ ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ސުލްހަވެރި ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމުގައި، މި ހިނގާލުން ބާއްވަން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަސް ކަމަށްވާ ހުކުރު ދުވަހުގައި ކަމަށް އިއުލާން ކޮށްފައިވެއެވެ.

މި ހިނގާލުމުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ގެއްލެމުންދާ އަސާސްތައް ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ގަވާއިދުތަކާއި ގާނޫނުތަކަށް ބޯލެނބުމަށް ގޮވާލުމެވެ. އަދި ދިވެހިރައްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްލާމްދީން ދިފާއު ކުރުމަށްޓަކައި ބޭއްވޭ މި ހިނގާލުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އިދިކޮޅުން ވަނީ އެދިފަ އެވެ.

ޕްރޮގރެސިވް ކޮންގްރެސް ކޯލިޝަނުން ކުރަމުންދާ މަސައްކަތްތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ތެރެއިން ގައުމުގެ ސިޔާދަތާއި މާތްވެގެންވާ ދީން ގެއްލިގެން ނުދިއުމަށްޓަކައި ކުރާ މަސައްކަތްތަކެއްކަމަށް ޕީޕީއެމްގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ޕްރެސްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް ވަނީ އިދިކޮޅުން ކުރިޔަށް ގެންދާ ކެމްޕެއިނަށް އާއްމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެހާ ރައްޔިތުންގެ އެއްބާރުލުން މުހިއްމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކޯލިޝަންގެ ފަރާތުން ހާސިލްކުރަން ބޭނުންވާ އަމާޒަށް ހާސިލުވުމަށް ކުރަންޖެހޭ ބައިވަރު މަސައްކަތް އެބަހުރިކަމަށް ބުނެ، އިދިކޮޅުން ގޮވާލީ އެންމެން އެއް އަޑަކުން މި ސަރުކާރާއި ދެކޮޅަށް ބަސް ބުނުމަށެވެ.

ހުކުރު ދުވަހު ބާއްވަން ހަމަ ޖެހިފައިވާ ސުލްހަވެރި ހިނގާލުމުގެ އިތުރުން މި މަހު 11 ވަނަ ދުވަހު ފުވައްމުލަކުގައި ވެސް “މިނިވަންކަމުގެ ދިފާއުގައި ދިވެހިން” މި ޝިއާރުގެ ދަށުން އިހުތިޖާޖެއް ބޭއްވުމަށް ހަމަޖެހިފައިވާކަންވެސް މިއަދުގެ ޕްރެސްގައި އިއުލާންކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: