ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަމާލެ ބްރިޖުގެ ސާރވޭގެ މަސައްކަތް ފަށައިފި

ތިލަމާލެ ބްރިޖު ނިމޭއިރު އޮންނާނެކަމަށް ބެލެވޭ ގޮތުގެ ފޮޓޮއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓަރ މާލެ އޭރިއާ ގުޅާލައި އެޅުމަށް ނިންމާފައިވާ ތިލަމާލެ ބްރިޖުގެ ސާރވޭގެ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތް ފެށިކަން އިއުލާންކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާލެ ތިލަފުށި ލިންކް މަޝްރޫއާ ގުޅިގެން 28 އޮކްޓޫބަރުއިން ފެށިގެން 22 ފެބްރުއަރީ 2022 ގެ ނިޔަލަށް ސާރވޭގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ. މިސާރވޭގައި މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން، ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނުފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރުދެކުނު ކޮޅާއި ދެމެދު 01 ކިލޯ މީޓަރުގެ ފުޅާމިނުގެ ސަރަހައްދެއް ބެލުމަށް ވަނީ ހަމަޖެހިފައެވެ.

ސާރވޭގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗަރގެ ސަބްކޮންޓްރެކްޓަރެއް ކަމަށްވާ ފޯރސައިޓް ސާރވޭއާޒްއާއި ހަވާލުކޮށްގެންކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ހަވާލާދީ ޓްރާންސްޕޯޓް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ބުރިޖު އަޅަން އެފްކޮންސް އިންފްރާސްޓަރަކްޗަރ ލިމިޓެޑާއިއެކު ސޮއިކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާ އިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް އިންޑިޔާއިން ވަނީ ދީފައެވެ. މި މަޝްރޫއުގެ ދަށުން 6.47 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯޒްވޭއަކުން މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ގުޅާލާނެއެވެ.

ތިލަމާލެ ބްރިޖު މަޝްރޫގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު މި ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. ހަމައެއާއެކު ފަޅުތަކުގައި 1.45 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓާއި މޫދާއި ގޮނޑުދޮށުގައި 2.32 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓުގެ އިތުރުން ބިމާއި އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ތަރައްގީކުރާނެއެވެ.

މީގެ އިތުރުން  މިމަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލީގެ ލޭންޑް އިންޓާޗޭންޖްތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމްކުރާނެއެވެ. އަދި ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓްތަކެއް ގާއިމް ކުރާނެއެވެ. އަދި ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޗެކްޓަށް ވެގެންދާނެކަމަށް ސަރުކާރުން މައުލޫމާތުދެއެވެ. މި ޕްރޮޖެކްޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 2019 ވަނަ އަހަރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ހުށަހެޅުއްވި ޕޮރޮޖެކްޓެއްކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ މައުލޫމާތުދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: