ހުވަދޫ ކަނޑަށް ބޯޓެއް ދިޔަވާތީ އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ހުވަދޫ ކަނޑަށް “އަލްމާ” ނަމަކަށް ކިޔާ ބޯޓެއް ދިޔަވާކަމުގެ މައުލޫމާތު ލިބިގެން ދެކުނު އޭރިއާގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އިތުރު މައުލޫމާތެއް އަދި ހިއްސާނުކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިބޯޓަކީ މާލެއާއި އައްޑޫސިޓީއާއި ދެމެދު ދަތުރުކުރާ ބޯޓެކެވެ.