ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ގޮވާލީ ދުނިޔޭގެ ގައުމުތަކުން މޫސުމީ ބަދަލާއި މެދު ސީރިއަސް ވުމަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ކޮޕް ސަމިޓުގައި ވާހަަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތައް ގެނބެމުން ދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސްކޮޓްލެންޑުގެ ގްލާސްގޯގައި ކުރިއަށްދާ ކޮޕް 26 ސަމިޓުގެ، ވޯލްޑް ލީޑާސް ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ ސަލާމަތް ނުކުރެއްވިއްޖެ ނަމަ ގަރުނު ނިމުމުގެ ކުރިން ގައުމު ނެތި ދިއުމުގެ ބިރު އެބައޮތް ކަމަށެވެ. މޫސުމުގެ ބަދަލު ކުރާ ގެއްލުމުގެ އަސަރު ރާއްޖެއަށް ކުރަމުންދާއިރު، ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށް ގިރުން ކަމަށް ރައީސް ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުން އޮތް ގޮތުގެ ހަގީގަތް ހާމަ ކުރައްވައި ރައީސް ވިދާޅުވީ ލޮނުގަނޑު އުފުލުގެ ސަބަބުން އޭގެ ގެއްލުން ރަށްތަކަށް ލިބެމުންދާ ކަމަށެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއިން އުފުލަން ޖެހިފައިވާ ތަކުލީފުތަކެއް ކަމަށާއި، ރަށް ގިރުން އެއީ އޭގެ އެއް މިސާލުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ، މި މަހުގެ ތެރޭގައި އަތޮޅުތަކަށް ކުރެއްވި ދަތުރުގެ ތެރެއިން ވެސް ފާހަގަ ކުރެވުނު މައްސަލައަކީ އެއީ ކަމަށެވެ.

ޖައްވަށް ވިހަ ގޭސް ބޭރުކުރާ ބޮޑެތި ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ވެފައިވާ ވަޢުދުތައް ފުއްދުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެފައިވާ ވައުދުތައް ފުއްދުމަށް ރައީސް ސޯލިހު ގޮވާލެއްވިއެވެ. އެމަނިކުފާނު ވަނީ ޕެރިސް އެގްރިމެންޓުގެ ދަށުން އެއްބަސް ވެވުނު ކަންކަން ހާސިލް ކުރެވިފައި ނުވާތީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެދި، ރައީސް ވިދާޅިވީ މިއީ ވަކި ގައުމަކަށް ހައްލު ކުރެވޭނެ ވަރަށް ވުރެ ބޮޑު ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ ގައުމުތަކުން މިއަދު އެންމެ ބޮޑަށް މަސައްކަތް ކުރަންވީ ނެޓް ޒީރޯގެ އަމާޒަށްކަމަށެވެ. މިއީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ލިބޭ އެންމެ ފަހު ފުރުސަތުކަން ގައުމުގެ ހުރިހާ ލީޑަރުން ވެސް ގަބޫލުކޮށް، އެކަމަށް އަމަލުން މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ތަކުރާރުކޮށް އެއް ވާހަކައެއް ދައްކަން ޖެހެނީ ސަބަބެއް އޮވެގެން ކަމަށާއި، ގައުމު ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ވަނިކޮށް ކޮޕްގައި ބައިވެރިވީ ވަރަށް ބޮޑު އުންމީދަކާއި އެކުކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: