ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ގޮވާލުން ކޮޕް ލީޑަރުންނަށް: ރާއްޖޭގެ އަޑުއަހާނީ ކޮންކަމެއް ކޮށްދީގެން ތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ކޮޕް ސަމިޓުގައި / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަލިމަޑުކަމެއްގެ ތެރޭގައި ވެސް ގައުމުތަކުގެ ލީޑަރުން، އެއްތަނަކަށް އެއްވެ މޫސުމީ ކާރިސާތަކާއި މޫސުމާއި ގުޅުން ހުރި ބަދަލުތައް ހައްލު ކުރުމުގެ މަސައްކަތް ކުރަނީ އެންމެން އެއް އަޒުމަކަށް ވާސިލުވުމަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮޕް ސަމިޓުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ޖައްވަށް ވިހަ ގޭސް ބޭރުކުރާ ބޮޑެތި ގައުމުތަކުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލާފަ އެވެ. އޭގެ ތެރޭގައި ތިމާވެށި ރައްކާތެރި ކުރުމާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި މާލީ އެހީތެރިން ދިނުމަށް ޕެރިހުގައި 2015 ގައި ވީ އެއްބަސްވުމަށް އަމަލު ކުރުން ހިމެނެ އެވެ.

އެހެންވެ ރައީސް ގޮވާލީ އެއްބަސްވުމާއި އެއްގޮތަށް، ރާއްޖެ ފަދަ ނާޒުކު ގައުމުތަކުން ދުނިޔޭގައި ދެމި އޮތުމަށް ކުރަމުން އަންނަ މަސައްކަތުގައި ހަރުދަނާ ފިޔަވަޅު އެޅުމަށް އެއްބަސްވުމަށެވެ. އަދި މާލީ އެހީތެރިކަމާއި އެކު، ޒިންމާދާރު މަސައްކަތްތަކެއް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މީގެ ކުރިން ދެކެވުނު ވާހަކަތަކާއި އެއްގޮތަށް، މޫސުމީ ބަދަލުތަކުގެ އަސްލު ދިރާސާ ކުރުމާއި އެކަމުގެ ލިޔެކިއުންތައް ތައްޔާރު ކުރެވިފައި ނެތުން އެއީ މައްސަލައިގެ ނާޒުކުކަން ގައުމުތަކަށް އިހުސާސް ނުކުރެވޭކަމުގެ ހެއްކެއްގެ ގޮތުގައި ފާހަގަކޮށް، ރައީސް ވަނީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަނެ، އެކަން ހައްލު ކުރުމަށް ލިބޭ ފަހު ފުރުސަތަށް ވެސް ވެދާނެކަން ލީޑަރުން ހަނދާނުގައި ބެހެއްޓުމަށް ރައީސް ގޮވާލެއްވި އެވެ.

2019 ވަނަ އަހަރު ބޭއްވި އދ ގެ 74 ވަނަ އަންމު މަޖިލީހުގެ ޖަލްސާގައި ރާއްޖެއިން ވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ނެޓް ޒީރޯއަށް ވާސިލުވުމަށް ނިންމާފައިވާކަމުގެ އުންމީދީ ޕްލޭން ހާމަކޮށްފައެވެ. އެދުވަހުގެ ބައްދަލުވުމުގައި ރައީސް ވަނީ ދުނިޔެ ހޫނުވަމުން ދިއުމާއި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މިންވަރުގެ މައްޗަށް އަލިއަޅުއްވައިލައްވައި، މުއްސަނދި ގައުމުތަކުން ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކަށް، އެ ގައުމުތަކުގެ ކެޕޭސިޓީ އިތުރު ކުރުމާއި، ޓެކްނޮލޮޖީ ބަދަލު ކުރުމާއި، ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފަ އެވެ.

މި ވަޢުދުތަކުގެ ދަށުން ފައިނޭންސް ހޯދުމުގެ މަޝްރޫޢެއް ގްރީންލައިޓް ވެގެންދާއިރުވެސް، އަޅުގަނޑުމެން މިތިބީ ރަތް ކުލައިގެ ޓޭޕް ގެ ތެރެއަށް ގެނބި، އަދި ވަރަށްގިނަ ރިޕޯޓްތަކާއި، ދިރާސާތަކާއި، އަދި އެނޫންވެސް ވަރަށްގިނަ ލިޔެކިޔުންތައް، މިމަޝްރޫޢުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަޢަށް ކުރިމަތިވެފައިވާ ކުއްލި މައްސަލަތަކަށް ޙައްލެއް ހޯދުމުގެ މަޤްޞަދުގައި.

އަޅުގަނޑުމެން އެންމެންވެސް ނިންމީ، މި ޕެންޑެމިކް ގެ ތެރޭގައިވެސް، އެއް މަޤްޞަދެއްގައި، އެއް މަޤްޞަދެއްގައި، ގްލާސްގޯއަށް އައުމަށް.

މި ފުރުސަތު ބޭކާރުވިޔަ ނުދެއްވާށޭ.

 

 

 

 

 

 

 

 

 

 

 

ރާއްޖެއަކީ ޕާލޭ ފޮރ ދަ އޯޝަންސް “ފިއުޗަރ އައިލެންޑް ނޭޝަން” ޕްރޮގްރާމުގެ ފައުންޑިން މެންބަރެއްގެ ގޮތުގައި އޮވެ “ސިންގަލް ޔޫސް ޕްލާސްޓިކް” ބޭނުން ކުރުން މަދުކުރުމަށް އެތައް ފިޔަވަޅުތަކެއް އަޅައި 2023 ވަނަ އަހަރުގެ ނިޔަލަށް އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން އަމާޒު ކަނޑައަޅާފައިވާ ގައުމެއްކަން ފާހަގަ ކުރެވެ އެވެ.

ރާއްޖޭގެ، “ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް” މޮޑެލްގައި މައިގަނޑު 11 ދާއިރާއެއް ހިމެނޭއިރު، މި މޮޑެލްއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރި ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް، އެފަދަ ގައުމުތަކަށް ހާސިލު ކުރެވޭނެ ފަދަ ލަނޑުދަނޑިތައް ހިމަނައިގެން ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލްއެކެވެ. މި ޕްލޭންގައި އެންމެ އިސްކަމެއް ދެނީ ތިމާވެށީގެ ގޮތުން މުއްސަނދި ސަރަހައްދުތައް ހިމާޔަތްކޮށް، އިއާދަ ކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އަވަހަށް ބަދަލުވެ، ނާޒުކު އިކޯސިސްޓަމްތައް ދެމެހެއްޓެނިވި މުޖުތަމައަކާ އެއްގޮތަށް ބިނާކުރުމަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: