ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަރުހުގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް އިންޑިއާއަށް ފޮނުވައިފި

އައިޖީއެމް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ އައިޖީއެމްއެޗްގެ ނަރުސް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއަށްއަށް ގެންގޮސްފި އެވެ.

އައިޖީއެމްއެޗްގެ ނަރުހަކު ދަންޖެހިފައިވާ ވަނީ މިދިޔަ ހުކުރުދުވަހު އޭނާ ދިރިއުޅެމުންދާ ގޭގައެވެ. މޭރީ ގްރޭސް ޕިނޭޑާ ނަމަކަށް ކިޔާ މި ނަރުހަކީ އައިޖީއެމްއެޗްގެ ޑައިލިސިސް ޔުނިޓުގައި މަސައްކަތް ކުރަމުން އަންނަ ފިލިޕިންސްއަށް ނިސްބަތްވާ ނަރުހެކެވެ. އަދި އޭނާ ފެނުނުއިރު މަރުވިތާ ދެ ދުވަސް ވެފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުންގެ ބުނީ އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިއްޔެގެ ވަގުތެއްގައި އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ.

މި މައްސަލާގައި އުމުރުން 29 އަހަރުގެ އޭނާގެ ފިރިމީހާ ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް ވަނީ އިތުރު ކޮށްފައެވެ. މީނާއަކީ ވެސް އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހެކެވެ.

ނަރުސްގެ މަރާއި ގުޅިގެން ފުލުހުން ތުހުމަތުތައް ކުރަން ފެށީ ދަން ޖެހިފައި ހުރި ކަމަށް ބުނެ ނަރުސް މީހާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާގެ ހަށިގަނޑުން ދަން ޖެހިފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތުމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: