ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އެންމެ ބޭނުމީ ހަރުދަނާ ސިއްހީ ނިޒާމެއް!

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ 36 މިލިއަން ރުފިޔާގެ ބަޖެޓުން 4.6 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވަނީ ސިއްހީދާއިރާއަށެވެ. ބަޖެޓު ރިޕޯޓުގައި އެކުލަވާފައިވާ ގޮތުން ނަމަ ސިއްހީ ދާއިރާއަށް ހޭދަކުރަން ހަމަ ޖެހިފައިވާ ބަޖެޓަކީ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމަށް ހޭދަކުރަން ހަމަޖެހިފައިވާ ބަޖެޓެކެވެ. އެގޮތުން ރަށްތަކުގެ ހޮސްޕޓަލްތަކުގައި ފުރިހަމަ ވަސީލަތްތައް ގާއިމުކުރުމާއި، ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް ހޮސްޕިޓަލްތަކަކަށް މި މަރުކަޒުތައް ބަދަލުކުރުމަށް ބަޖެޓުން އަމާޒު ހިފާފައިވެ އެވެ.

ހަމަ އެހެންމެ ސިއްހީ ހިދުމަތް ދިނުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ބަޖެޓު ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ޑޮކްޓްރުންނާއި ނަރުހުން މަދު ކަމަށްވުމުން މި މައްސަލައަށް ވެސް އަންނަ އަހަރު ހައްލެއް ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ. ސުވާލަކީ ބަޖެޓުގައި މިފަދަ ބޮޑު އަދަދެއް ކަނޑައަޅައި ބަޖެޓުގެ އަމާޒެއް ގޮތުގައި ބޮޑެތި ކަންތައް އެކުލަވާފައިވާ އިރު، ސިއްހީ ދާއިރާ އެއްވެސް ވަރަކަށް ހަރުދަނާ ވަމުން ދޭތޯ އެވެ.

ދިވެހި ރައްޔިތުން ބޭސްފަރުވާ ކުރުމުގައި އަވައްޓެރި ގައުމުތައް އިހުތިޔާރު ކުރަނީ ސަބަބުތަކެއް ހުރެގެންނެވެ. ފަރުވާއަށް އެދި ހޮސްޕިޓަލަށް ދާ ބަލި މީހާ އާއި ދޭތެރޭ ކަންތައް ފަރުވާކުޑަ ކުރާ ވާހަކައަކީ، އަލަށް ދައްކާ ވާހަކައެއް ނޫނެވެ. ސިއްހީ އިހުމާލު ނުވަތަ މެޑިކަލް ނެގްލިގެންސްގެ ސަބަބުން ހޮސްޕިޓަލަށް ބޮޑު ބަލިއަކަށް ފަރުވާ ކުރަން ވަންނަ މީހާގެ ފުރާނަ ނެތް މަސް ގަނޑު، ނެރެން ޖެހިފައި އެބަހުއްޓެވެ. ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން، ބަލަން ޖެހޭ ހަދިސާތަކެއް ހޮސްޕިޓަލްތަކުގައި ހިނގާފައި އެބަހުއްޓެވެ. 

ސެޕްޓަމްބަރު މަހުގެ 30 ވަނަ ދުވަހު، ހަމައެކަނި އައިވީ އަޅަން ކަމަށް ބުނެ އައިސޮލޭޝަންގައި ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 84 އަހަރުގެ ކޮވިޑު ޖެހިފައިވާ ބަލިމީހެކެވެ. ކޮންމެވެސް ވަރަކަށް ޑިޕްރެޝަން ތަހައްމަލު ކުރަމުން ދިއުން ފިޔަވައި އިތުރު އެއްވެސް ސިއްހީ މައްސަލައެއްގެ ޝިކާރައަށް ނުވެ ހުރިމި މީހާ ކޮވިޑު ބަލިން ފަސޭހަވުމަށް ފަހު ވެގެން ދިޔައީ އެ ހޮސްޕިޓަލުގެ ޝިކާރައަކަށެވެ. ކޮވިޑު ފެސިލިޓީގައި ބާއްވައި، މީހާ ބަނދެފައި ބާއްވަން މަސައްކަތްކޮށްފައި ދޭން ޖެހޭ ފަރުވާ ދީފައި ނުވާއިރު، އާއިލާގެ ހިތުގައި އަޅަމުން ދިޔަ ވޭނާއި، ބައްޕަ ފެނިލައި އަޅާލުމަށް ކިތަންމެ ބޭނުންވި ނަމަވެސް، އޮކްޓޯބަރު 13 ގައި އާއިލާއާއި ހަމައަށް އައީ އެ އާއިލާގެ ބައްޕަގެ ފުރާނަ ނެތް މަސްގަނޑެވެ. މިފަދައިން ދިމާވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ އެނދުމަތި ކުރެވުނު ހޮސްޕިޓަލުން އަޅާލުން ކުޑަވެ، ފަރުވާ ދިނުމުގައި ގޯސްކޮށް އަމަލު ކުރުމުންނެވެ.

މިދަސަ އެތައް ހާދިސާތަކެއް ރާއްޖޭގެ ސިއްހީ ދާއިރާގައި ހިންގަމުންދާކަން ފާހަގަކޮށް ސަރުކާރަށް ވެސް ރައްޔިތުން ގޮވާލަނީ ރައްޔިތުން އެދޭ ފަދަ، ސިއްހީ ނިޒާމެއް ރާއްޖޭގައި ފަހި ކޮށްދިނުމެވެ. ރާއްޖޭގައި މިހާރު މިއޮތް ސިއްހީ ނިޒާމުގެ ސަބަބުން މަންމައެއްގެ 3 މަހުގެ ތުއްތު ދަރިފުޅު ނިޔާވެގެން ދިޔައީ ފަރުވާ ދިނުން ލަސްވުމާއި ގުޅިގެންނެވެ. މައިނބަފައިންގެ ލޯބިވާ ދަރިފުޅު ނިޔާވެގެނެ ދިޔައީ ކުރެވުނު ނުބައި ފަރުވާއެއްގެ ސަބަބުންނެވެ.

ދިވެހި ރައްޔިތުން އެދެނީ ރައްޔިތުންނާއި ގާތުން އެންމެ އެދެވޭ ސިއްހީ ފެންވަރު ރައްޔިތުންނަށް ލިބިގެން ދިއުމެވެ. ފަރުވާތެރި ހަރުދަނާ ސިއްހީ ނިޒާމެެއް މާލޭގައި ވެސް އަދި ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ގާއިމު ކުރުމަށެވެ. ބަޖެޓުގައި އެކުލަވާފައިވާ 4.6 ބިލިއަން ރުފިޔާއަކީ މިފަދަ ނިޒާމެއް ރާއްޖޭގައި ގާއިމުކުރެވޭނެ މަގެއް ކަމުގައި ރައްޔިތުން ދެކެން ބޭނުމެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: