ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑު އެއް އިސްކަމެއް ދެނީ ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް: މާރިޔާ

އެމްއެންޑީއެފްއިން ބޭއްވި ހަފްލާއެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އެމްއެންޑީއެފްގެ އިސް ފަރާތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ބޮޑު އެއް އިސްކަމެއް ދެނީ ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބާގައި ދިފާއީ ބާރުން ޝާއިއުކުރި އައްޑަނަ މަޖަައްލާގައި މިނިސްޓަރ މާރިޔާ ދެއްވި ޚިތާބުގައި ވިދާޅުވީ ސިފައިންނަކީ ފަންނީ، ޤާބިލު، ޕްރޮފެޝަނަލް، ފައިޓިންގ ފިޓް ފޯސްއަކަށް ހެއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެއެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ހަރުދަނާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި، ގިނަ ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ.

“ސިފައިންގެ ޤާބިލުކަން – ޤައުމުގެ އަމާންކަން” މި ޝިއާރުގެ ދަށުން މިއަދު ވެސް، ސިފައިންގެ ލީޑަރޝިޕުން އެންމެ ބޮޑު އެއް އިސްކަމެއް ދެއްވަނީ ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މާތްﷲގެ އިރާދަފުޅުން، މި މަސައްކަތުގެ ނަތީޖާ އެންމެ އެދެވޭ ގޮތުގައި ފެންނަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ކޮވިޑް19- ޕެންޑެމިކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައިވެސް، ގަދަ ވިއްސާރައިގައި ހިނގާ ކަނޑުމަތީ ހާދިސާތަކުގައި ވިޔަސް، އަދި މި ނޫނަސް، އެހީގެ އަތަކަށް އެދި ރައްޔިތުންގޮވާލި ކޮންމެ ފަހަރަކު، އެންމެ ކުރީ ސަފުގައި، ސިފައިން ހަރަކާތްތެރިވާކަން ނުހަނު އުފަލާއި ހިތްހަމަޖެހުމާ އެކު ފާހަގަކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، މި އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގައި، އެ މަނިކުފާނުގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި ސިފައިންގެ ބޭކަލުން ވަނީ ހިތްވަރާއި ހުޝިޔާރުކަމާއި ގާބިލުކަމުގެ ނަމޫނާއެއް ދައްކަވާފައިވާކަން ފާހަގަކުރެއްވިއެވެ. އެ ހާދިސާ ހިނގި ޙައްސާސް ދަނޑިވަޅުގައި، ސިފައިންގެ ބޭކަލުންގެ ހަށިކޮޅަށް ލިބުނު ޒަޚަމްތަކާ އެކު ވެސް، އެ ބޭކަލުންގެ އަމަލުތައް ބެހެއްޓެވީ ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް މިނސިްޓަރ ވިދާޅުވިއެވެ. އަދި އެ ދުވަހު، މުޅި ޤައުމަށް ނާމާންކަމާއި އަނދިރިކަން ކުރިމަތިވި ވަގުތުގައި، ދިވެހި ގައުމީ ދިފާއީ ބާރުން ދެއްކި ސާބިތުކަމަށް ޓަކައި ޤައުމީ ފެންވަރުގެ އިނާމެއް ހައްގުވާކަމަށް، 6 މެއިގެ މައްސަލަ ބެއްލެވި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ވިދާޅުވެފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި އެކަމަނާ ގަބޫލުކުރައްވާ ގޮތުގައި، ކޮންމެ ސިފައިންގެ މީހަކު، އެއްވެސް ވަރުބަލިކަމެއް ނެތި، ރެއާއި ދުވާލު، ކުރާ ބުރަ މަސައްކަތަކީ ޤައުމީ ފެންވަރުގެ އިނާމެއް ހައްގު މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

3 ނޮވެންބަރުގައި ހިނގާދިޔަ ކަންކަމަށް އަލިއަޅުއްވާލައްވައި މިނިސްޓަރ ވިދާޅުވީ އެދުވަހަކީ ދިވެހި ޤައުމީ ދިފާއީ ބާރުގެ ހަނދާނުން ފިލައިގެން ނުދާނެ ތާރީހެއްކަމަށެވެ. އެއީ، ދިވެހި ސިފައިން، ގައުމުގެ ޢުދުވާނުންނާ ކެރިގެން ކުރިމަތިލައި، ދުޝްމަނުން ބަލިކޮށް، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލްގެ ޙިމާޔަތުގައި، ފުރާނަ ޤުރުބާން ކުރި ދުވަހެއްކަމަށް ވިދާޅުވިއެވެ. އަދި މިއަދު ވެސް، ޝަހީދު ޙުސައިން އާދަމް ފަދަ އަބްތާލުންގެ ޛިކުރާ، އަޅުގަނޑުމެން އައުކުރަނީ، ފަޚުރާއި ޝަރަފުން ފުރިގެންވާ ހިތަކައިގެންކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރުގެ ހިތާބުގައި، 3 ނޮވެންބަރުގައި، ދިވެހިރާއްޖޭގެ އޭރުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް، އަވައްޓެރި އިންޑިޔާ ސަރުކާރުން އަސްކަރީގޮތުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: