ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ސިޓީ ކައުންސިލެއް އޮންނަން ނުޖެހޭކަމަށް ވިދާޅުވުމުން އިކްރާމް ހޫނުފެނަށް!

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓާ މާލޭ ސަރަހައްދުގައި ސިޓީ ކައުންސިލެއް އޮންނަން ނުޖެހޭކަމަށް ވިދާޅުވުމުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އަަށް ފާޑުކިޔުން އަމާޒުވާން ފަށައިފިއެވެ.

މެމްބަރު އިކްރާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ މަސަލަހަތު ރަނގަޅު ގޮތަކީ މައި ސަރުކާރުން މާލޭ ސިޓީ ހިންގުންކަމަށާއި މާލޭ ސިޓީއަށް ސިޓީ ކައުންސިލެއް ބޭނުން ނުވާކަމަށެވެ.

އިކްރާމްގެ މިވާހަކައަށަ ބައެއް އާއްމުންނާއި އެމްޑީޕީ މެމްބަރުންގެ ފާޑުކިޔުން އަމާޒުވާން ފެށުމާއެކު އޭނާ ވަނީ އިތުރު ޓްވީޓެއް ކުރައްވައި އެއީ އޭނާގެ އަމިއްލަ ހިޔާލު ކަމަށް ވިދާޅުވެފައެވެ.

”މި ހިޔާލަކީ އަޅުގަނޑުގެ އަމިއްލަ ހިޔާލު. އެެއްގޮތަކަށް ވެސް އެމްޑީޕީގެ ނިންމުމެއް ނޫން. އެމްޑީޕީގެ ޕީޖީ އަދި ގައުމީ މަޖިލިސް އަދި އެހެން ގުނަވަންތަކުގެ ނިންމުންތަކަށް އިހްތިރާމް ކުރާނަން.” އިކްރާމް ވިދާޅުވިއެވެ.

އިކްރާމްގެ މި ޓްވީޓާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ އެއީ އެމްޑީޕީގެ ވިސްނުމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ހަސަންގެ އިތުރުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވެސް ވަނީ އިކްރާމްގެ ވިސްނުންފުޅަކީ “ކޮސް” ވިސްނުންފުޅެއް ކަމަށް ސިފަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 71%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: