ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ކާރިސާގެ އަސަރުތައް ހަގީގީ މާނައިގައި ގަބޫލު ކުރަން ޖެހޭ: ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ--
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމީ ކާރިސާތައް އިތުރުވެ، ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ހާލަތު ނާޒުކު ފައްތަރެއްގައި އޮތްކަން މިއަދު ދުނިޔޭގެ ލީޑަރުން ގަބޫލު ކުރަންޖެހޭކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ކޮޕް 26 ގެ ބައްދަލުވުމަށް، އިނގިރޭސިވިލާގެ ގްލާސްގޯގައި ހުންނަވާ ޓީފޯ ނިއުސްއަަށް ދެއްވި އިންޓަވިއުއެއްގައި ޝައުނާ ވިދާޅުވީ އެއޯސީން ނެރުނު ބަޔާނަށް ރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ. ގްލާސްގޯގައި ދެ ހަފްތާ ހޭދަކުރިއިރު، ރާއްޖޭގެ ކުޑަ ވަފުދަށް މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ބައެއް ގައުމުތަކުގެ ދެ ބަސްވުންތައް އަޑުއަހަން ޖެހުނުކަމަށް ޝައުނާ ވިދާޅުވި އެވެ. މިއަދު ބަހުސް ކުރެވެމުން މިދަނީ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުރިމަތިވާ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި، އޭގެ ސަބަބުން ގައުމުގެ ރައްޔިތުންގެ ފުރާނައަށް ލިބިދާނެ ގެއްލުމުގެ މައްޗަށްކަން ފާހަގަކޮށް ޝައުނާ ވިދާޅުވީ އެތައް ޒަމާނެއް ވަންދެން ދުނިޔޭގެ ލީޑަރުންގެ އަރިހުން އެދެމުން ދިޔައީ މަޝްވަރާގެ މޭޒަކަށް އައިސް އަމަލުން ކަންކަން ދެއްކުމަށްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއީ އެއްވެސް ހާލެއްގައި ކުދި ގައުމުތައް ނުވަތަ ރާއްޖެއިން ހިންގި އަމަލެއްގެ ސަބަބުން މެދުވެރިވި ހާލަތެއް ނޫންކަމަށާއި، މިއަދު ސައިންސްގެ އަލީގައި ވެސް ކްލައިމެޓް ކްރައިސިސް ގަބޫލު ކުރަންޖެހިފައިވާކަން ޝައުނާ ފާހަގަ ކުރެއްވި އެވެ،

ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ، ގައުމުގެ ރަށްތައް ދަނީ ގިރެމުން ކަމަށާއި ވާރޭ ވެހުމަށް ފަހު ފެންބޮޑުވާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. މިއަދު ރާއްޖޭގެ ވަރުގަދަ ފަރުތައް ބަލިކަށިވެ، އުދައެރުމާއި ފެން ތަޣައްޔަރު ވުންފަދަ ކަންކަން ދިމާވަމުންދާކަމަށް ޝައުނާ ވިދާޅުވި އެވެ.

މޫސުމީ ކާރިސާގެ އަސަރުތައް ހަގީގީ މާނައިގައި ގަބޫލުކޮށް، ކުއްލި ހާލަތުގައި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ގައުމީ ބަޖެޓަށް އިސްކަންދީ، ރަށްތައް ހިމާޔަތްކޮށް، ރައްކާތެރި ފެނާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަވަސް އެޑަޕްޓޭޝަން ބޭނުންވާކަމަށް ޝައުނާ ވިދާޅުވި އެވެ. އަދި މިއީ ރާއްޖޭގެ އިތުރުން ނާޒުކު ތިމާވެއްޓެއް އޮންނަ ކޮންމެ ގައުމަކުން ކުރިމަތިލާން ޖެހިފައިވާ ބިރުވެރި ހާލަތެއްކަމަށެވެ.

ރާއްޖެއިން މިކަމުގައި ލިބެން ހުރި ހުރިހާ ވަސީލެއް ބޭނުން ކުރިޔަސް، މިއީ އެކަނި ކުރެވޭނެ މަސައްކަތެއް ނޫންކަން ޝައުނާ ތަކުރާރު ކުރެއްވި އެވެ. ޖީސީއެފްގެ ފަރާތުން ދެ މަޝްރޫއަކަށް ރުހުން ލިބިފައިވާކަން ފާހަގަކޮށް ޝައުނާ ވިދާޅުވީ އެ އެ އިހުސާސްތައް ހާމަކުރުމަކީ، ފަސޭހަކަމެއް ނޫން ކަމަށެވެ. އޭގެ ސަބަބެއްކަމަށް ޝައުނާ ވިދާޅުވީ ބިއުރޯކްރަސީގެ ބާވަތް، ކޮންސެޕްޓްގެ ތެރެއިން ފެށިގެން އޭގެ އެޕްރޫވަލްއާއި، އެ ކޮންސެޕްޓާ ހަމައަށް ޕްރޮޖެކްޓު ހަގީގަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ. އެ މަސައްކަތަށް ބޭނުންވާ ފައިނޭންސިންއަށް އަހަރުތަކެއް ހޭދަވީކަމަށާއި، ރާއްޖޭގެ ރަށްތައް ގިރެމުންދާކަމަށް ބުނުމުން އެކަމުގެ ސައިންޓިފިކް ހުށަހަޅަން ޖެހުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

1.5 ޑިގްރީގައި ދުނިޔޭގެ ހޫނުމިން ހިފެހެއްްޓުމަށް ދުނިޔެއިން އެއްބަސްވުމަކާއި ހަމައަށް އައުމަކީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކޮށް ޝައުނާ ވިދާޅުވީ ދިވެހިންނަށް އިންތިޒާރު ކޮށްގެން ތިބެވޭކަށެއް ނެތްކަމަށެވެ. ހަމައަށް އައުމަށް ރާއްޖެއިން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: