ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ކޮމަންވެލްތް ކްލައިމެޓް ފައިނޭންސްގެ މެމްބަރަކަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ކޮޕް ސަމިޓުގައި / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންވެލްތް ކްލައިމެޓް ފައިނޭންސް އެކްސެސް ހަބް (ސީސީއެފްއޭއެޗް) ގެ މެމްބަރަކަށް ވަރަށް އަހަށް ރާއްޖެ ވާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަދީޖާ ނަސީމް ވިދާޅުވެއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި ގިނަ މަސައްކަތްތަކެއް ރާއްޖެއިން ކުރަމުންދާއިރު، އެކަމުގެ މައުލޫމާތު ހިއްސާ ކުރައްވައި ހަދީޖާ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ރާއްޖެ ވަރަށް އަވަހަށް ސީސީއެފްއޭއެޗްގެ އާ މެމްބަރަކަށް ވާނެ ކަމަށެވެ. ސީސީއެފްއޭއެޗްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތުން މުހިންމުވާ ސަބަބެއްގެ ގޮތުގައި ހަދީޖާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ނާޒުކު ހާލަތެއްގައި އޮތުމެވެ. ޖައްވަށް ދޫކުރާ ވިހާ ގޭހާއި އަދި އެ ނޫން ވެސް ސަބަބުތަކާއި ހުރެ ރާއްޖޭގެ ތިމާވެށި ހަލާކުވަމުންދާކަމަށް ހަދީޖާ ވިދާޅުވި އެވެ.

ފަރުތައް ހަލާކުވުމާއި، މޫސުން ގޯސް ވެ ވާރޭ ވެހޭ ދުވަސްވަރު ރާއްޖޭގެ ރަށްތަކަށް އުދައިގެ އަސަރު ކުރުން އާއްމުކަމަކަށް ވެފައިވާކަން ފާހާގަ ކުރައްވައި ހަދީޖާ ވިދާޅުވީ މި މައްސަލަތައް ހައްލު ކުރުމަށް ފައިސާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. ހަދީޖާ ވިދާޅުވީ ކްލައިމެޓް ފައިނޭންސިން އަކީ ރާއްޖެއަށް އެމެޖެންސީ ހާލަތެއްގައި ބޭނުންވާ ވަރަށް މުހިންމު އެހީތެރިކަމެއް ކަމަށެވެ.

ހަދީޖާ ވިދާޅުވީ ކޮމަންވެލްތުގެ އެހީތެރިކަމާއި އެކު ކްލައިމެޓު ފައިނޭންސިންއަށް ފަސޭހަކަމާއި އެކު ވާސިލްވެވޭނެ ކަމުގެ އުންމީދު ކުރާ ކަމަށެވެ.

 

ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް އެކްސެސް ހަބް އަކީ މޫސުމަށް އަންނަ ބަދަލުތައް ހައްލުކުރުމަށް ކުދި އަދި އެހެނިހެން ނާޒުކު ގައުމުތަކަށް ފަންޑު ހޯދުމުގައި އެހީތެރިވެދޭ ޖަމިއްޔާއެކެވެ. މި ހަބްގައި ކްލައިމެޓް ފައިނޭންސް ގްރާންޓް އެޕްލިކޭޝަންތަކާއި، ކެޕޭސިޓީ ބިލްޑިންގ އަދި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަންގެ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ސަރުކާރުގެ އެކި ޑިޕާޓްމަންޓްތަކުގައި ތަޖުރިބާކާރުން ބައިވެއެވެ. ނަމަވެސް، ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް، އެ ފަންޑުތަކުގެ ފަންނީ ގާބިލުކަން ނެތުމާއި، އޭގައި ހިމެނޭ ކޮމްޕްލެކްސް ޕްރޮސެސްތަކާއި، ބޭނުންވާ ކަންކަން ފުރިހަމަވެފައި ނެތުމުގެ ސަބަބުން، އެ ފައިސާތައް ނެގުމުގައި ވަރަށް ބޮޑަށް ދަތިތަކާއި ކުރިމަތިލާން ޖެހެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: