ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ކަންތައް ނުކުރެވެނީ ކޮވިޑުގެ ސަބަބުން ކަމަށް ނުބުނެވޭނެ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސޯދު ހީނަރުވެގެން ދިޔައީ ކޮވިޑުގެ ސަބަބުން ކަމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ނުބުނެވޭނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓައި މެދު މަޖިލިސް ތަޅުމުގައި ބަހުސް ކުރަމުން ޝިޔާމު ވިދާޅުވީ ހުށައަޅާފައިވާ ބަޖެޓާއި މެދު ދައްކަން ޖެހެނީ ހިތާމަވެރި ވާހަކަތައް ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެ ވަޑައިގަތީ 2018 ވަނަ އަހަރު ކަމަށާއި 2019 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދާއި މެދު ރިޕޯޓު ނެރެވިފައިވާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

2019 ވަނަ އަހަރު، ދުނިޔޭގައި ކޮވިޑު ނެތް ނަމަވެސް، ދުނިޠެގެ އެންމެ އިގްތިސޯދު ދަށް ގައުމުތަކުގެ ތެރޭގައި ރައްޖެ ހިމެނިފައިވާ ކަން ވޯލްޑް ބޭންކް ފަދަ ބައިނަލްއަގްވާމީ އިދާރާތަކުން ނެރެފައިވާ ރިޕޯޓުތަކުން ހާމަވާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ ކޮވިޑުގެ ބަލިމަޑު ކަމުން އަރައިގަތުމަށް އެންމެ ގިނަ ހިލޭ އެހީ ލިބުނީ ރާއްޖެއަށް ކަމަށެވެ.

2022 ވަނަ އަހަރަށް ރައްޔިތުން އެދޭ ފަދަ ގޮތަކަށް ކަންތައް ކުރެވޭނެ ބަޖެޓެއް ނޫން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓުގެ ދަރަނި 2 ގުނައަށް އިތުރު ކަމަށާއި ޑެފިސިޓް ގެ އަދަދު ދެ ޑިޖިޓު އިތުރުކަމަށްވެސް ޝިޔާމު ވަނީ ވިދާޅުވެފައެވެ.

ބަޖެޓުގައި އެކުލަވާފައިވާ ގޮތުން ނަމަ ހަރަދުގެ ގޮތުގައި 36.9 ބިލިއަން ހޭދަކުރެވި އާމްދަނީގެ ގޮތުގައި 24.3 ބިލިއަން ލިބޭއިރު، 12.6 ބިލިއަން ރުފިޔާ އިން މި ބަޖެޓު ޑެފިސިޓު ވާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

މެމްބަރު ޝިޔާމް ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން ހޭދަކުރަމުން އައި އިރު، ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހިންގުމަށް އެކުލަވާފައިވާ ބަޖެޓުން އެކުލަވާފައިވާ އަދަދުގެ އެއްބައި ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން އަމާޒު ކޮށްގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ މަސައްކަތުގެ 50 އިންސައްތަ ވެސް ނިމިފައި ނުވާ ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގައި ދެއްކި ވާހަކައިގައި ޝިޔާމް ވަނީ 2022 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ ‘ދެބުރި ދަރަނި’ ބަޖެޓެއް ކަމަށާއި މި ސަރުކާރަކީ ‘ވަނުވާ’ ނޭގޭ ސަރުކާރެއްކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: