ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަަތައް ނިންމަން އިންތިގާލީ އިންސާފުގެ އޮފީހުން އެދުނީ ބަޖެޓަށް 10 މިލިއަން އިތުރުކޮށް ދޭން!

ބަޖެޓު ދިރާސާކުރާ ކޮމިޓީއިން 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހާއި ބައްދަލުކުރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިގާލީ އިންސާފުގެ އޮފީހަށް ގިނަ މައްސަލަތަކެއް ލިބިފައިވާއިރު، އަންނަ އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަށް އިތުރު 10 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެކަމަށް އެ އޮފީހުން ބުނެފި އެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް 39 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އިގްތިސޯދަށް އައި ހީނަރުކަމުގެ ސަބަބުން މުވައްސަސާތަކުން އެދުނަސް ބަޖެޓު އިތުރުކޮށްދެވެން ނެތްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ބަޖެޓު ދިރާސާ ކުރުމުގެ މަރުހަލާއަށް، ކޮމިޓީން ދަނީ އިދާރަތަކާއި ބައްދަލުކޮށް ބޭނުންވާ ކަންކަން އޮޅުންފިލުވަމުންނެވެ. މިއަދުގެ ކޮމިޓީއަށް ހާޒިރުވެ ޗީފް އޮމްބަޑްސް ޕާސަން އަބްދުއްސަލާމް ވިދާޅުވީ އެ އޮފީހުގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މައްސަލަތައް އެއްކޮށް ނިންމާލުން ކަމަށެވެ. މިހާތަނަށް ހުށަހަޅާފައިވާ 487 މައްސަލައެއްގެ ތެރެއިން، ޑިސެމްބަރު މަހުގެ ނިޔަލަށް 87 މައްސަލަ ނިންމައި ބާކީ ހުރި މައްސަލަތައް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމާލުމުގެ އަމާޒު އެބައޮތްކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ.

އަބްދުއްސަލާމް ވިދާޅުވީ ބަޖެޓު އިތުރުކޮށް ދިނުމުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މައްސަލަތަކުގެ ބޮޑު ބައި ނިމޭނެ ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް ބޮޑެތި ޒިންމާތަކެއް ހަވާލު ކުރެވިފައި ވެއެވެ. އެއީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިޒާމީ ގޮތެއްގައި ރޭވިގެން މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާކަމަށް އެކަށީގެންވާ ހެކި ހުރެ ސާބިތުވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ގާއިމް ކުރުމެވެ. ގާނޫނުގެ ދަށުން ލިބިފައިވާ ބޮޑެތި ބާރުތަކާއި އެކު އިންތިގާލީ އިންސާފުގެ އޮފީހަކީ ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައްގު ލިބިފައިވާ ތަނެކެވެ.

މައްސަލަތައް ބެލުމަށް އިންތިގާލީ އިންސާފުގެ އޮފީހަށް މީހުން ހާޒިރު ކުރުމާއި، ސުވާލު ކުރުން ގާނޫނުގެ ދަށުން ހުއްދަ ވެގެން ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: