ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ ގައުމެއް: މައުސޫމް

ޓުއަރިޒަމް މިނިސްޓަރ އަބދުﷲ މައުސޫމް/ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ ދުނިޔޭގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ގައުމުކަމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއް ގައި މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ އެކި ދާއިރާރަކުން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމުގެ ގޮތުގައި ރާއްޖެ ފާހަގަކުރެވިގެންދަނީ ސަރުކާރުން ގައުމުގެ ކާމިޔާބަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮވިޑު 19 ގެ ހާލަތާއި މެދު އަމަލުކޮށްފައިވާ ގޮތަކީ މުޅި ދުނިޔެ ދައްކަމުން ދާ ވާހަކައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ކުޑަ ގައުމަކުން ކޮވިޑާއި ދެކޮޅަށް މަސައްކަތްކޮށް، ދިވެހިރާއްޖެއަކީ ކޮވިޑުން ސަލާމަތްވެފައިވާ ގައުމެއްކަމަށް ދުނިޔެ ބަލައިގަންނަ ކަމަށެވެ.

ހަމައެއާއި އެކު ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދަމުން އަންނަ ކާމިޔާބުތައް ފާހަގަކުރަމުން މިނިސްޓަރ ވަނީ މި ދާއިރާއިން 2020 ވަނަ އަހަރު މުޅި ދުނިޔޭގެ އެއްވަނަ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހޮވިގެން ދިޔަކަން ފަހުރުވެރިކަމާއިއެކު ފާހަގަކޮށްފައެވެ. މިނިސްޓަރ ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދިއުމުގައި ސަރުކާރުން ވަނީ ކާމިޔާބުވެފައެވެ.

މީގެ އިތުރުން މިނިސްޓަރ މައުސޫމް ވަނީ ސީއެންއެން އިން ރާއްޖެއަކީ އިންޓަރނޭޝަނަލް ސަކްސަސް ސްޓޯރީ އޮފް ދަ އިޔަރގެ ގޮތުގައި ފަހަގަކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ. މިކަމުން ދޭހަވެގެން ދަނީ ދުނިޔޭގެ ގިނަ އިދާރާތަކުން ދެކޭ ގޮތުގައި ދިވެހިރާއްޖެއަކީ އެންމެ ކާމިޔާބު ފަތުރުވެރިކަމުގެ ސްޓޯރީ ކަން ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދާފައިވަ ކުރިއެރުންތަކަކީ ސަރުކާރާއި ކަމާއި ބެހޭ އިދާރާތަކުން ދައިރާ ކުރިއެރުވުމަށް ދޭ އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން ދާއިރާއަށް ލިބިގެންދާ ކުރިއެރުންތަކެއްކަމަށް މިނިސްޓަރ ވިދަޅުވިއެވެ.

މީގެ އިތުރުން 2020 ވަނަ އަހަރު ރާއްޖެއަށް ކޮވިޑުގެ ހާލަތު މެދުވެރިވުމާއެކު އިގްތިސޯދަށް ބޮޑެތި ލޮޅުންތަކެއް އައިސްފައިވީ ނަމަވެސް ހާލަތާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ރާއްޖެއިން ވަނީ ކާމިޔާބު ހޯދާފައިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ 99 އިންސައްތަ އާބާދީ ކޮވިޑު ވެކްސިން ޖަހާފައިވާ ކަމަށާއި، އާބާދީގެ 93 އިންސައްތަ ޑަބްލް ޑޯޒް ޖަހާފައިވާ ކަމަށެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކުން ފިޔަވައި އެހެން ހުރިހާ ގައުމަކުން ރާއްޖެއަށް ދަތުރުކުރެވޭނެ ކަމަށެވެ. ރާއްޖެއިން ކޮވިޑު މެނޭޖުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާ މެނޭޖުކުރުމުގައި ދުނިޔެއަށް ނަމޫނާ ދައްކާފައިވާ ކަމަށް މިނިސްޓަރ ގަބޫލުކުރައްވައެެވެ.

ކޮވިޑުގެ ހާލަތުގައި ވެސް ރާއްޖޭގެ އިގްތިސޯދަށް ދިމާވި ގެއްލުންތައް ފޫބެއްދުމަށް ކުރި މަސައްކަތުގެ ފަހި ނަތީޖާ ފަތުރުވެރިކަމުގެ ނަންބަރު ތަކުން ފެންނަން ހުރި ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. މިނިސްޓަރ ގަބޫލުކުރައްވާ ގޮތުގައި، ކޮވިޑާއި ގުޅިގެން ރާއްޖޭގެ ރައްކާތެރިކަމަށް ކުރެވުނު މަސައްކަތްތަކީ ސަރުކަރާއި، ކަމާއި ބެހޭ އިދާރާތްތަކުން ކުރި ވަރަށް ފުރިހަމަ މަސައްކަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: