ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީ “ކަށަވަރު ޕްރޮމޯޝަނުން” 89،000 ރުފިޔާގެ އަގުހުރި އިންޖީނެއް

ޝެއާރކޮށްލާ ކަހަލަދޯ؟

“ކަށަވަރު ޕްރޮމޯ” ގެ ނަމުގައި އެމްޓީސީސީން ކޮންމެ އަހަރެއްގެ ނިމުމާއި ދިމާކޮށް ސިލްސިލާކޮށް ބާއްވަމުންދިޔަ ކެމްޕެއިން 2020 ވަނަ އަހަރު މާލެ ސަރަހައްދު ފުރަ ބަނދު ކުރުމާ ވިދިގެން އެއްއަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު މިއަހަރު އަލުން “ކަށަވަރު ޕްރޮމޯ 2021” ނަމުގައި މިއަދު އިފްތިތާޙު ކޮށްފިއެވެ.

މި އަހަރުގެ ކަށަވަރު ޕްރޮމޯ އިފްތިތާޙު ކުރުމުގެ ގޮތުން މިއަދު ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮޕްރޭޓިން އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަހަރުގެ ކަށަވަރު ޕްރޮމޯ ކުރިއަށްދާނީ މިއަދުން ފެށިގެން
30 ޑިސެމްބަރ 2021 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަން ޙާއްސަކުރެވިފައިވަނީ ފައިސާ ދައްކަވާ ތަކެތި ބައްލަވާގަންނަވާ ފަރާތްތަކަށެވެ. އެގޮތުން މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓް ތަކަކީ ޔަންމާ އަދި ސުޒުކީ އިންޖީނުގެ ސްޕެއާރ ޕާރޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގްސް، ސްކޮޓް ބާޑާ ފައިބަރު ސާމާނު، އިންޑަސްޓްރިއަލް ގޭސް އަދި މެރިން ލައިޓެވެ.

މި ޕްރޮމޯގެ މުއްދަތުގައި ކުރައްވާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް 89,000 ރުފިޔާގެ
އަގުހުރި ސުޒުކީ 25 ހޯސްޕަވަރުގެ އިންޖީނެއް ލިބިވަޑައިގަންނަވާނެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، މާލޭ ބަނދަރު މަތީގައި އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތް ކުރުން، ކ. ތިލަފުށި، ކ. ގުޅި ސްލިޕްވޭ، ކ. ހިންމަފުށި އަދި ދިއްފުށީގެ ބޯޓް ޔާރޑް އަދި ޑޮކް ޔާރޑް ތަކަށް ޒިޔާރަތް ކުރުން ހިމެނެއެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމެވެ. އެގޮތުން ކޮންމެ އަހަރަކުވެސަ އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް އެ ކުންފުނިން އަބަދުވެސް ރާވާ ހިންގަމުން ގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: