ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯޑީގެ އަދަދު 2.5 ބިލިއަނަށް ކުޑަކޮށް، މުއްދަތު އިތުރުކުރަން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ފިނޭންސް މިނިސްޓްރީން އެދިފައިވާ އަދަދު ދަށްކޮށް، ރައްޔިތުންގެ މަޖިލީހުން ފިނޭންސަށް ދީފައިވާ ހުއްދައިގެ މުއްދަތު އަންނަ އަހަރުގެ ނިޔަލަށް އިތުރުކުރަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން ހުށަހަޅާފައި ވަނީ އަންނަ އަހަރުގެ ޖެނުވަރީ އެއްވަނަ ދުވަހުން ފެށެގެން 2023 ވަނަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހާ ހަމައަށް އޯވާ ޑްރޯ ކުރެވޭ އަދަދު 3.5 ބިލިންއަން ރުފިޔާ ކަމުގައި ކަނޑައަޅައިދިނުމަށެވެ. އަދި އަންނަ އަހަރުގެ ޖެނުވަރީ އެއް ވަނަ ދުވަހުން ފެށެގެން އޯވާޑްރޯވެފައިވާ ފައިސާއިން ކޮންމެ އަހަރަކަށް 0.1 ޕަސެންޓްގެ އިންޓްރެސްޓެއް ޗާޖުކުރުމަށެވެ.

ނަމަވެސް މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ހަމަތަކަށް އަމަލުކުރުން ފަސްކުރުމުގެ މުއްދަތު 2023 ގެ ނިޔަލަށް އިތުރުކުރުމަށާއި، ކުރިއަށް އޮތް ދެ އަހަރު ޗާޕްކުރެވޭނެ ފައިސާގެ އެންމެ މަތީ ލިމިޓަކީ 2.5 ބިލިއަން ރުފިޔާގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅުއްވާފައެވެ.

އަބްދުލްޣަފޫރުގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވާ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ، ފައިސާ ޗާޕްކުރުމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ތާއީދުކުރައްވާ ކަމަށާއި، ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށްޓަކައި މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މި ހުށަހެޅުން ފާސްވީ ކޮމިޓީއަށް ވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: