ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާގެ ބޭނުމުގައި ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކޮށްފި

އަނިޔާ ލިބުނު ސިފައިންގެ މީހާ— ފޮޓޯ: އާއިލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މާލޭ މަގުމަތިން ރޭ ސިފައިންގެ މީހަކު ހިފަހައްޓައި އޭނާގެ އަތުން ފައިސާ ހޯދުމަށް ރަހީނުކޮށް، ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މާލޭގައި ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ރަހީނުކުރީ ސިފައިންގެ ކޯސްޓުގާޑުގައި މަސައްކަތް ކުރާ 37 އަހަރު މީހެކެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި އޭނާ ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ރޭ 11:30 ހާއިރު ހިނގާފައި ދަނިކޮށެވެ.

ސިފައިންގެ މީހާއަށް ވަނީ އެކި ވަރުގެ އަނިޔާކޮށްފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިކަން ކޮށްފައިވަނީ ހަތް މީހުންގެ ގްރޫޕަކުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 71%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: