ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ކަންބޮޑުވުން، މަތީ ސާނަވީއަށް ކުރިމަތިލާ ކުދިންގެ އަދަދު މަދު!

ސާނަވީ އިމްތިހާނުން ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާގައި ެ ރައީސް ސޯލިހު ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސާނަވީ އިމްތިހާމު ކާމިޔާބު ކަމާއިއެކު ނިންމާލުމަށްފަހު، މަތީ ސާނަވީއަށް ކުރިމަތިލާ ކުދިންގެ އަދަދު މަދު ކަމަށާއި އެއީ މައްސަލައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރުގެ ސާނަވީ އިމްތިހާނު ނިންމައި އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިން ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ސާނަވީ އިމްތިހާނު ނިންމާ ކުދިންގެ ތެރެއިން، މަތީ ސާނަވީއާ ކުރިމަތިލާ ކުދިންގެ އަދަދު މަދުވާ މައްސަލަ ފާހަގަ ކުރަންޖެހޭ ކަމަށެވެ.

މިދިޔަ 5 އަހަރަށް ބަލާއިރު، ރާއްޖޭގައި ކޮންމެ އަހަރަކު ސާނަވީ އިމްތިހާން މި ހަދަނީ، އެވްރެޖްކޮށް 5600 ދަރިވަރުން ކަމަށް ވާއިރު އޭގެ ތެރެއިން، މަތީ ސާނަވީއަށް މި ވަންނަނީ އެވްރެޖްކޮށް، އަހަރަކު 2040 ކުދިންކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ސާނަވީ ހަދާ ކުދިންގެ ގާތްގަނޑަކަށް 35 ޕަސެންޓްކަމަށާއި މީގެ މާނައަކީ، ގާތްގަނޑަކަށް 64 އިންސައްތަ ކުދިން މަތީ ސާނަވީއާއި އެކު ކުރިޔަށް ދާން ބޭނުންނުވާކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ކަން މިހެން ދިމާވާން ޖެހެނީ ކޮން ސަބަބަކާ ހުރެތޯ ބެލުމަށް ބޭނުން ވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުންނާއި ބެލެނިވެރިން ދަރިވަރުންނަށް ހިތްވަރު ދޭންވީ، މަތީ ސާނަވީ ފުރިހަމަކުރަމަށް ކަމަށެވެ.

ގްރޭޑު ދިހައެއް ނިންމާ، އެއީ ކިޔެވުން ނިމުނީކަމަށް ގަބޫލު ކުރެވޭނަމަ އެ ވިސްނުން އަވަހަށް ދޫކޮށްލަން ރައީސް އިލްތިމާސް ކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ދަތި އުނދަގުލުގެ ތެރޭގައި ހޭދަކުރި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ދަރިވަރުންނަށް އޮންލައިން ކްލާސްތައް ނަގައިދިން ޓީޗަރުންގެ އަގު ވަޒަން ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: