ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2000 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި އޮތީ ހަލަބޮލި ސިޔާސީ މާހައުލެއް: އިމްރާން

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ސަންގުޓީވީގެ ކަވަރޭޖެއްގައި ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

2000 ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ރައީސް ސޯލިހާއެކު 3” ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު އޮތް ސިޔާސީ މަޝްރަހުގެ ތެރޭޣައި ތަފާތު ގިނަ ފިކުރުތަކެއް އެކުލެވި، ސިޔާސީ ގޮތުން ގައުމު ހަލަބޮލި ވެފައި ކަމަށެވެ. ސިޔާސީ ހަލަބޮލިކަމުގެ އަސަރު ދިވެހި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށްކޮށް، އެކަމަށް ބޫރުއެރިކަން ފާހަގަކޮށް އިމްރާން ވިދާޅުވީ އެ ސަގާފަތަށް ބަދަލު އައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއި އެކު ކަމަށެވެ.

ރައީސް ސޯލިހުގެ އެންމެ ބޮޑު އަމާޒަކަށް ވީ، ވަކި ފިކުރަކަށް މަސައްކަތް ނުކޮށް ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ހަމަހަމަ އުސޫލުން އަމަލު ކުރުންކަމަށް އިމްރާން ވިދާޅުވި އެވެ. ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، ރައްޔިތުން ބޭނުންވާ މަގުން އެންމެ ފުރިހަމަ މަސައްކަތްތަކެއް ކުރެއްވި ހަމައެކަނި ވެރިއަކީ ރައީސް ސޯލިހުކަމަށް އިމްރާންގެ ވާހަކައިގައި ވިދާޅުވި އެވެ.

ރައްޔިތުންގެ މެދުގައި ސުލްހަ ގާއިމު ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އިމްރާން ވިދާޅުވީ މިިހާރު ފެންނަން އޮތީ ރައްޔިތުންނާއި ގާތުން މަަސައްކަތް ކުރާ ވެރިކަމެއް ކަމަށެވެ.

އިމްރާން ވިދާޅުވީ ކޮވިޑު-19 ގެ ސަބަބުން ހޯމް މިނިސްޓްރީގެ މަސައްކަތްތަކަށް ބަދަލު ގެންނާން ޖެހުނުކަމަށާއި މަސައްކަތްތައް ކުރިޔަށް ދިޔައީ ރައީސް ސޯލިހުގެ އިރުޝާދުގެ ދަށުން ކަމަށެވެ. ޖުމްލަކޮށް ސަރުކާރުން ކޮވިޑު މެނޭޖު ކުރުމަށް ގުޅިގެން އެއްބައިވަންތަކަމާއި އެކު މަސައްކަތް ކުރުމުގެ ނަތީޖާއަކީ، ގައުމުގެ އިގްތިސޯދު އަލުން އިޔާދަ ކުރަން ފެށުންކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑުގެ ތެރޭގައި އެހެން ގައުމުތަކުގައި ސިޔާސީ ހަމަނުޖެހުން އުފެދުނު ނަމަވެސް، ރާއްޖޭގެ ހާލަތު ތަފާތުކަމަށް އިމްރާން ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ އުނދަގޫ ހާލަތެއްގައިވެސް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދެވުނީ ހުރިހާ މުއައްސަސާތަކުން ވެސް ދިން އެއްބާރުލުމާއި އެއްބައިވަންތަކަމުގެ ކަމުގެ ސަބަބުންނެވެ.

ރާއްޖެ ފަދަ ކުޑަ ގައުމަކުން ދަތި އުނދަގުލަކުން އަރައިގަތުމުގައި ކާމިޔާބު ހާސިލު ކުރެވުނީ ރައީސް ސޯލިހު އިސްނަންގަވައިގެން ސަރުކާރުގެ މަސައްކަތް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމުގެ ސަބަބުން ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: