ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ރަށްތަކުގެ އާބާދީގެ ކުޑަބޮޑުމިން ބެލުމެއް ނެތި ހިދުމަތް ފޯރުކޮށް ދިނުން: ޝާހު

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު/ ފޮޓޯ: އެމްޑަބްލިއުއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް، ރާއްޖޭގެ ރަށްތަކުގެ އާބާދީގެ ކުޑަ ބޮޑުމިން ބެލުމެއް ނެތި ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ފިރިހެނުންގެ ދުވަހާއި، ބައިނަލްއަޣުވާމީ ފާހަނާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ ބޮޑު ރޯލެއް އަދާ ކުރާ ކުންފުންޏަކަށް އެމްޑަބްލިއުއެސްސީ ވާނެ ކަމަށެވެ. އަދި ކޮލެރާ ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތް ކުރުމަށް ނަރުދަމާގެ ހަރުދަނާ ނިޒާމަކުން އެހީތެރިވެދޭނެ ކަމުގައި ޝާހު ވަނީ ވިދާޅުވެފައެވެ.

ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ނަރުދަމާ ނިޒާމްގެ ހިދުމަތް ދެމުން އަންނަ އެއް ކުންފުނި ކަމަށާއި މި ހިދުމަތް ރައްކާތެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކުންފުނީގެ އެންމެ މުހިއްމު މަގުސަދު ކަމަށެވެ. އަދި މި ހިދުމަތް ދިނުމުގައި ކުންފުނީގެ ހީވާގި ފިރިހެން މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތް ޝާހު ފާހަގަ ކުރެއްވި އެވެ.

ދުނިޔޭގެ ފާހާނާ ދުވަހާ ގުޅުވައިގެން އެމްޑަބްލިއުއެސްސީއިން ތައްޔާރުކޮށްފައިވާ “ނަޒީމުގެ ވާހަކަ” ވަނީ ރަސްމިއްޔާތުގައި ވަނީ ރިލީޒްކޮށްފައެވެ. މިއީ ނަރުދަމާ ނިޒާމް ސާފުކޮށް ރައްކާތެރިކަމާއެކު ހިދުމަތް ދިނުމަށްޓަކައި މުވައްޒަފުން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ކުރު ފިލްމެކެވެ.

މި ހަފްލާގައި އެމްޑަބްލިޔުއެސްސީގެ ބޯޑު މެމްބަރުންނާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޗެއަމަން އަލްފާޟިލް މުހައްމަދު އަބްދުލްالله، ތިބާގެ ކޯ-ފައުންޑަރ މުހައްމަދު މުސްތަފާ ފާރޫގު އަދި ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: