ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ޖަލަށް ބަދަލު ކުރުމާއި މެދު އަދި ގޮތެއް ނުނިންމާ!

ހޯމް ސެކްޓަރގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކޮމިޝަނާރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު/ ފޮޓޯ: ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމް ގޭބަންދުން ޖަލަށް ބަދަލު ކުރުމާއި މެދު އަދި ގޮތެއް ނުނިންމާކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ބަލި ހާލަތު ގޯސްވުންނާއި ތަނުގައި ކޮވިޑު ފެތުރޭތީ ގޭބަންދަށް ބަދަލު ކުރީ މިދިޔަ ރޯދަ މަހުގެ ތެރޭގަ އެވެ. އޭރު ރައީސް ޔާމީން ހިމެނޭހެން ހައިރިސްކު 54 މީހަކު ގެއަށް ބަދަލު ކުރިކަމަށް ކަރެކްޝަންސްއިން މީޑިއާތަކަށް ބުންޏެވެ.

އާދީއްތަ ދުވަހު ބޭއްވި “ހޯމް ސެކްޓާރ” ޕްރެސްކޮންފަރެންސްގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން އަހުމަދު ވިދާޅުވީ ރައީސް ޔާމީނާއި އެކު ގޭބަންދަށް ބަދަލު ކުރި އެހެން މީހުންގެ ކަންކަން ވެސް ގާތުން މޮނީޓާރ ކުރަމުން ދާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއްވެސް މީހަކު މިހާތަނަށް ޖަލަށް އަނބުރާ ގެންގޮސްފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން ސީދާ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމާއި މެދު ގޮތެއް ނުނިންމާކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

ރައީސް ޔާމީން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ަޖަމާކުރިކަމަށް ތުހުމަތު ކުރާ މައްސަލައެއްގައެވެ. ދައުލަތުން ބުނާ ގޮތުން އެއީ ވޮޑަމުލާގެ ފައިސާ އެވެ. އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓާފަ އެވެ. އަދި މިވަގުތު މައްސަލަ އޮތީ ސުޕްރީމް ކޯޓުގެ ހުކުމް އިއްވުމުގެ މަރުހަލާއާއި ހަަމައިގަ އެވެ.

ގޭބަންދުގައި ހުންނަވައިގެން ސިޔާސީ ހަރަކާތެއްގައި ބަައިވެރިވީކަމަށް ބުނާ މައްސަލައެއްގައި ރައީސް ޔާމީނަށް ވަނީ އެފަދަކަމެއް ތަކުރާރު ނުކުރުމަށް އިންޒާރު ދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: