ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެވޯ ޖަނަރޭޓަރާއެކު، ވ. ތިނަދޫ އާ އިންޖީނުގެއިން ހިދުމަތްދޭން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެވޯގެ ޖަނަރޭޓަރާއެކު، ސްޓެލްކޯއިން ޤާއިމްކުރި، ވ. ތިނަދޫ އާ އިންޖީނުގެއިން ހިދުމަތްދޭން ފަށައިފިއެވެ.

ތިނަދޫގެ އާ އިންޖީނުގެއިން ހިދުމަތްދޭން ފަށާފައިމިވަނީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލްކުރި، ޖަނަރޭޓަރުތަކުގެ ތެރެއިން STW500 މޮޑެލްގެ މުޅިން އައު ޖަނަރޭޓަރަކާއެކުގައެވެ. މި ޖަނަރޭޓަރަކީ ސްޓެވޯއިން މިހާތަނަށް އެސެމްބަލްކުރި ޖަނަރޭޓަރު ތަކުގެ ތެރެއިން، ކޮމިޝަންކޮށް ބޭނުން ކުރަންފެށި ފުރަތަމަ ޖަނަރޭޓަރެވެ.

މިވަގުތު ތިނަދޫއަށް މި ޖަނަރޭޓަރުން ހިދުމަތް ދެމުންގެންދާއިރު، މި އައު ޖަނަރޭޓަރާއެކު، ތިނަދޫގެ ޖުމްލަ ކެޕޭސިޓީ 1136kW ވަނީ އިތުރުކުރެވިފައެވެ. މީގެ ކުރިން ތިނަދޫގެ ކެޕޭސިޓީއަކީ، 656kW އެވެ. ވ. ތިނަދޫ ސްޓެލްކޯގެ އައު އިންޖީނުގެ ބޭނުންކުރަން ފަށާފައިވާއިރު، ތިނަދުގެ ބައު އިންޖީނުގޭގައި ހުރި ޖަނަރޭޓަރުސެޓްތައް އައު އިންޖީނުގެއަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ތިނަދޫ ބާ އިންޖީނުގޭގައި ހުރި ޖަނަރޭޓަރުތައް އާ އިންޖީނުގެއަށް ބަދަލު ކުރެވުމާއެކު، ބައު އިންޖީނުގެ ބޭނުން ކުރުން އެއްކޮށް ހުއްޓާލެވިގެންދާނެއެވެ. އަދި ތިނަދޫގެ އައު އިންޖީނުގެ ބޭނުންކުރަން ފަށާފައިމިވަނީ ތިނަދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްވެސް އަޕްގްރޭޑް ކުރުމަށްފަހުގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ތިނަދޫގެ އައު އިންޖީނުގެ ބޭނުންކުރަން ފަށާފައިމިވަނީ ތިނަދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްވެސް އަޕްގްރޭޑް ކުރުމަށްފަހުއެވެ. މީގެ އިތުރުން ތިނަދޫ އިންޖީނުގޭގައި ސޯލާ އިންސްޓޯޅް ކުރުމުގެ މަސައްކަތްވެސް މިވަގުތު ދަނީ ކުރެވެމުންނެވެ. އެގޮތުން ތިނަދޫ އިންޖީނުގޭގައި 20kW ގެ ސޯލާ އިންސްޓޯލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: