ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުން: ކޮލިޓީއަށް ބަދަލެއް ނާންނާނެ!

ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުން: ކޮލިޓީއަށް ބަދަލެއް ނާންނާނެ!
ޝެއާރކޮށްލާ ކަހަލަދޯ؟

މެކްސިމަމް ރީޓެއިލް ޕްރައިސް ނުވަތަ އެމްއާރުޕީ އަކީ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގެވެ. މި އުސޫލާއި އެކު ރާއްޖޭގައި ކަނޑައެޅިފައިވާ އަގަށް ވުރެ މަތީ އަގެއްގައި ބޭސް ވިއްކުން މަނާވާނެ އެވެ. އެއާއި އެކު އެމްއާރުޕީ ކަނޑައެޅުމަށް އެންމެ މަތީ އަގު ކަނޑައަޅާފައިވާ ބޭސްތަކާއި، އޭގެ ލިސްޓު ރާއްޖެއަށް ބޭސް އެތެރެ ކުރާ ފަރާތްތައް އަދި ފާމަސީތަކުގެ ވެރިންނާއި ހަވާލުކޮށްފައިވާއިރު، އަސާސީ ބޭސްތަކުގެ އެމްއާރްޕީ ކަނޑައެޅުމުގެ ކުރިން، އެ އަގުތަކާއި މެދު ފާމަސީތަކުގެ އެއްވެސް ޝަކުވާއެއް ވާނަމަ އެކަން ހިއްސާ ކުރުމަށް ވަނީ ހުޅުވާލާފަ އެވެ. އެހެން ކަމުން އެ ޝަކުވާތަކަށް ބިނާކޮށް، އެއްވެސް ބަދަލެއް ގެންނަން ޖެހޭކަމަށް ގަބޫލު ކުރެވޭނަމަ، ގަވައިދަށް ބަދަލު ގެންނާނެ އެވެ.

މިހާރު ކަނޑައެޅިފައިވާ އެމް.އާރް.ޕީ ކަލްލިއުލޭޓް ކޮށްފައިވަނީ ރާއްޖެއަށް ބޭސް އެތެރެކުރާ އިންވޮއިސްގެ އެފްއޯބީ އަގަށް 100 އިންސައްތައިގެ މާކަޕް އެއް ހިމަނައިގެންނެވެ. އަދި މިގޮތަށް އިންވޮއިސްގެ އެފްއޯބީ ނެގުމުމަށްޓަކައި މައުލޫމާތު ނަގާފައިވަނީ ފައިތުވި ފަސް އަހަރު ރާއްޖެއަށް އެތެރެކޮށްފައިވާ ބޭހުގެ ޑޭޓާ ބޭނުންކޮށްގެންނެވެ.

މި އުސޫލަށް ތަންފީޒު ކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އަދި އުސޫލު ތަންފީޒު ކުރުމުގެ ފުރަތަމަ މަރުހަލާގެ ދަށުން އެމްއާރުޕީ ކަނޑައަޅާފައި ވަނީ މިވަގުތު އެމްއެފްޑީއޭގެ އެޕްރޫވްޑް ދިވެހިރާއްޖޭގެ އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭރޭންޑަކާއި ބޭސްތަކަށެވެ.

ރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކުމުގައިމީގެ ކުރިން އަމިއްލަ އަގުތަކެއް ކަނޑައަޅައެވެ. އަދި އެކި ފާމަސީތަކުގައި އެކި ގޮތްގޮތަށް އަމަލު ކުރަމުން އަންނަ އައުމާއި މިއާއި އެކު ހައްލެއް ލިބިގެންދާނެ އެވެ. ހާއްސަކޮށް އާސަންދަ ނުލިބޭ ބޭސްތަކަށް އާންމު ފަރުދުންގެ ޖީނުން ކުރާ ހޭދަތައް ކުޑަވެ، އެއް ބްރޭންޑެއްގެ ބޭސްތައް އެކި އަގުގައި ވިއްކުން ކޮންޓްރޯލް ކުރެވޭނެ އެވެ. އަދި ފާމަސީތަކުން އެއްވެސް މިންގަނޑެއް ނެތި ކަޅު ބާޒާރުގައި ބޭސް ވިއްކައި ހިންގާ އަމަލުތަކަށް ފިޔަވަޅު އެޅޭނެ އެވެ.

އިންސްޕެކްޝަނެއް ކުރިޔަށް ގެންދިޔަ، އެކި ފާމަސީތަކުން ބޭސްތައް ވިއްކާ އަގު ތަފާތު!

މީގެ އިތުރުން މި އުސޫލު އެކުލެވުމަށް މަސައްކަތް ކުރިއިރު، ބޭސް ސިޓީ އާއި ނުލައި ވިއްކާ އާދައިގެ ބޭސްތައް ތަފާތު އެކި އަގުގައި، ފާމަސީތަކުން ވިއްކާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

އަވައްޓެރި އިންޑިއާގެ 100 ރުޕީސްއަށް ލިބޭ ބޭހެއް ރާއްޖޭގެ ފާމަސީތަކުން ވިއްކަނީ 700، ރުފިޔާ އާއި 1000 ރުފިޔާ އަދި 1500 ގެ އަގެއްގަ އެވެ. އެއް ބޭސް ފިހާރައިން 85 ރުފިޔާއަށް ލިބެން ހުރި ބޭހެއް، އޭގެ ޖެހިގެން ހުންނަ ފިހާރައިން ލިބެނީ 185 ރުފިޔާއަށްކަން މީގެ ތެރެއިން ފާހަގަ ކުރެވުނެވެ.

ބޭސް ސިޓީ އާއި ނުލާ ގަންނަން ދާ ބޭސްތައް އަގުބޮޑުކޮށް ވިއްކުމަކީ ކުށެއް ނަމަވެސް، އެގޮތަށް ބައެއް ފާމަސީތަކުން ޒަމާނުއްސުރެ އަމަލު ކުރެ އެވެ. ނަމަވެސް އެމްއާރުޕީ ތަންފީޒު ކުރަން ފެށުމާއި އެކު ރާއްޖޭގެ އެޕްރޫވްޑް ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުނީ އެވެ. އަދި ބޭސް ދެން ވިއްކާނީ އެ އަގުގެ ތެރޭގަ އެވެ.

އާއްމު ގޮތެއްގައި ބޭސް ސިޓީ ހިފައިގެން ފިހާރައަށް ދާ މީހާ ހުންނަ ގޮތަށް ބަލައި އޭގެ އަގު ކިޔާ ގޮތް ތަފާތު ވާނެ އެވެ. މިސާލަކަށް، އުމުރުން ދުވަސް ވީ މީހުންނަށް ބޭހަށް ކިޔާ އަގު ބައެއް ފަހަރުތަކުގައި ތަފާތެވެ. އަދި އެ ނޫން ވެސް ގޮތް ގޮތަށް، މީހާއަށް ބަލައި އެ ބޭހެއް ބޮޑު އަގުގައި ވިއްކަ އެވެ.

މިފަދަ އުސޫލެއް އަންނަކަމުގެ ވާހަކަތައް މީޑިއާތަކުން ގެނައުމާއި އެކު، ބައެއް އާއްމުން ވަނީ ބޭސްތަކުގެ ކޮލިޓީއަށް ބަދަލު ގެންނަން އުޅޭކަމުގެ ވާހަކަތަކެއް ދައްކާފަ އެވެ. ރާއްޖެއަށް ބޭސް އެތެރެ ކުރެވޭނީ އަބަދުވެސް އޮންނަ އުސޫލުގެ ތެރެއިން ހުރިހާ މަރުހަލާއެއް ވެސް ފުރިހަމަ ކުރުމަށް ފަހު އެވެ. އެހެން ކަމުން ކުރިޔަށް އޮތް ތަނުގައި ވެސް ރާއްޖެއަށް ބޭސް އެތެރެ ކުރާނީ، އޭގެ ރައްކާތެރިކަމާއި ފެންވަރު ޔަގީން ކުރުމަށް ފަހު އެވެ.

ރާއްޖޭގައި ބޭސް ޓެސްޓު ކުރުން ހަރުދަނާ ކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދާއިރު، ނޭޝަނަލް ހެލްތް ލެބޯޓްރީ އަޕްގްރޭޑިންގެ މަސައްކަތްތައް ދަނީ ކުރިޔަށެވެ. އަދި މިހާރު ވެސް 60 އަށް ވުރެ ގިނަ ޖެނެރިކް ޓެސްޓު ކުރެވޭއިރު، ރާއްޖެއިން ޓެސްޓު ނުކުރެވޭ ބޭސްތަކުގެ ސާމްޕަލްތައް ފޮނުވަނީ ސިންގަޕޯގެ ލެބޯޓްރީއަކުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: