ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލާމާތް ހުންނަ މީހުން ސާމްޕަލް ނުދޭ: އަފްޒަލް

އެޗްޕީއޭގެ އެޕިޑަމިއޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑުގެ ބަލިމަޑުކަން އަދިވެސް ފެތުރެމުން ދާއިރު މިބަލީގެ އަލާމާތްތައް ފެންނަ ހުރި މީހުން ސާމްޕަލް ނުދޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެޕިޑަމިއޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ކޮވިދް 19 އާއި ބެހޭ ގޮތުނަ މައުލޫމާތު ދިނުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަފްޒަލް ވިދާޅުވީ، ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން، އަލާމާތް ފެންނަ މީހުންގެ ސާމްޕަލް ދިނުމަކީ މުހިންމު ކަމެއްކަމުގައެވެ.

ކޭސްތައް މަދުވެފައިވީ ނަމަވެސް ޒީރޯ ލެވެލްއަކަށް ކޭސްތައް ފޮނުވަން ބޭނުންވާ ނަމަ އަމިއްލަ ގޮތުން ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެއްކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ. ދިވެހިރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އިތުރު މަސައްކަތް ތަކެއް ކުރަން ޖެހިފައިވާ ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުުރުން އޭނާ ވަނީ ކޮންޓެކްޓް ޓްރޭސިންގ އަށް މައުލޫމާތު ހޯދުމަށް ގުޅުމުން އާއްމުންގެ ފަރާތުން ސައްހަ މައުލޫމާތު ނުލިބޭ ކަމަށް ވިދާޅުވެފައެވެ. މިފަދަ ކަންތައްތަކަކީ ކޮވިޑު ކޮންޓްރޯލް ކުރުމަށް އެޅޭ ހުރަހަކަށް ވުމާއި އެކު ކަން މިހެން ކުރުމުން އަނެއްކާވެސް ނުރައްކަލަށް ވެއްޓުމަށް މަގު ފަހި ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އާއްމުންގެ ގިނަ ފަރާތްތަކަށް ކޮވިޑަކީ މާ ބޮޑުކަމަކަށް ހީނުވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި، ހާލަތު ގޯސްވެ އަނދިރި ކަމުގެ ތެރެއަށް ނުވެއްޓުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށ އަމަލުކުރުމަށް އަފްޒަލް ވަނީ އެދިފައެވެ.

އެގޮތުން ޒަރޫރީ ބޭނުމަކާއި ނުލައި ބޭރަށް ނުނިކުތުމާއި ސާފުތާހެރިކަމާއި ގައިދުރުކަން އިސްކުރުމަށް އަފްޒަލް ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: