ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށްފި

ކުރީގެ ރއީސް ޔާމިން އަބްދުލް ގައްޔޫމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ވ. އާރަށުގެ މައްސަލައިގައި މާނީ ލޯންޑްރިންގެ ދައުވާ އުފުލައިފި އެވެ.

މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދު އެވެ. ޕީޖީ އޮފީހުން މައުލޫމަތު ދިން ގޮތުން  ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީލޯންޑްރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އެވެ.

ފުލުހުން ތަހުގީގު ކުރި މި މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ދައުވާކޮށްދޭން އެދި މީގެ ކުރިން ވެސް ހުށަހެޅި އެވެ. ނަމަވެސް މައްސަލައިގައި ގާނޫނީ އިންޒާރު ދިނުމުގައި ގޯސްތަކެއް ހުރުމުން މައްސަލަ އަނބުރާ ފޮނުވާލީ އެވެ.

އާރަށުގެ މައްސަލައިގައި އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ.  މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ވ. އާރަށުގެ މައްސަލައިގައި މީގެ ކުރިން ތަހުގީގެއް ހިންގައި، ގަނޫނީ އިންޒާރު ދީފައިވާ ކަމަށެވެ.ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ފާހަގަކުރި ބައެއް ގޯސްތައް އިސްލާހު ކުރުމަށް ފުރުސަތު ދިނުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ މުވައްކިލެއްގެ ހައްގުތައް ނިގުޅައިގަތުންކަމަށް ޖަމީލް ވިދާޅުވި އެވެ.

އަލުން އެ މީހާގެ ޖަވާބުތައް އެނގިގެން އައިސް އެ މީހެއްގެ ހައްގުތައް ރައްކާތެރި ނުވާނެހެން ހިންގޭ ކޮންމެކަމަކީ އޭގެ ސަބަބުން ދުސްތޫރީ ވަރަށް ގިނަ ހައްގުތަކެއް ގެއްލިގެންދާ ކަމެއްގެ ގޮތުގައި ޑރ. ޖަމީލް ފާހަގަ ކުރައްވާފައި ވެއެވެ.

ރައީސް ޔާމީންގެ މައްޗަށް މި ދައުވާ އުފުލީ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާތީ އެވެ.

ވ.އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކު ދިއުމަށް ބޭނުން ކުރަމުން އައި ފަޅުރަށެކެވެ.

ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެރަށް ދީފައި އޮއްވާ އޯގަސްޓު، 2015، ގައި އެކުންފުނި އަތުން އާރަށް އަތުލުމަށްފަހު ސެޕްޓެމްބަރު މަހު، އެ ރަށް ހަވާލުކޮށްފައި ވަނީ ވ.އަތޮޅުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިމުމަކާއި ހަމައަށް އައިސްފައިވާއިރު، މި މަސް ނިމުމުގެ ކުރިން ނުވަތަ މި ފެށޭ މަހުގެ ކުރީކޮޅު ހުކުމް އިއްވާނެކަމަށް ބެލެވެ އެވެ.

ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނަށް ގިނަ ތުހުމަތުތަކެއްކޮށް، ރ. ފުއްގިރި މައްސަލައިގެ ދައުވާތައް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ކުރިޔަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: