ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިމަރީ ހެލްތު ކެއަރ ގާއިމްކުރުމުން ސިއްހީ ބޮޑެތި މައްސަލަތައް މަދުވާނެ: މިނިސްޓަރ

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިމަރީ ހެލްތު ކެއަރ ގާއިމްކުރުމުން ސިއްހީ މައްސަލަތައް އާންމުވާ މިންވަރު މަދުވާނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅިގެން މިނިސްޓަރ ނަސީމް ސަންގު ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ 2004 ވަނަ އަހަރާއި ހިސާބުން ޕްރައިމަރީ ހެލްތު ކެއަރ ފޯރުކޮށްދިނުން އެއްކޮށް ހުއްޓިފައިވާ ކަަމަށެވެ. އެއީ ވަރަށް ހިތާމަހުރި ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިދައުރު ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ ޕްރައިމަރީ ހެލްތު ކެއަރ ރާއްޖޭގައި ގާއިމްކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ރަނގަޅަށް އެނގިލައްވާކަމަށާއި އެހެންކަމަށް ރައީށް ވަރަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއަރ ގާއިމްކުރުމަށް ދިރާސާތައްކޮށް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ޕްރައިމަރީ ހެލްތު ކެއަރ ގާއިމްކުރުމަށް މޯލްޑިވިއަން ހެލްތު ސާވިސް އޯގަނައިޒޭޝަން އުފެއްދުމަށް ސަރުކާރަށް ހުށައަޅާފައިވާކަމަށް ވިދާޅުވިއެވެ. މިހާރު ކުރިއަށްދަނީ ޕްރައިމަރީ ހެލްތު ކެއަރ ގާއިމްކުރުމުގެ އެންމެ ފަހުގެ މަރުހަލާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރައީސްވެސް ޕްރައިމަރީ ހެލްތު ކެއަރ ގާއިމްކުރާނެކަން އިއުލާންކުރައްވާފައިވާއިރު އަންނަ އަހަރު ކުރީކޮޅު މިކަން އިއުލާންކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕްރައިމަރީ ހެލްތު ކެއަރ ގާއިމްކުރުމަށް އެކަމުގެ ޕައިލަޓް ޕްރޮޖެކްޓް 56 ރަށެއްގައި ކުރިއަށް ގެންދެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަން ފެށުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް އޮންލައިންކޮށް ކުރިއަށްގެންދެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަދަ ތަމްރީން ޕްރޮގްރާމެއް މިމަހުގެ ނިޔަލަށްވެސް ނިންމުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ބަލިވެ އިނުމާއި ހިސާބުން ޕްރައިމރީ ހެލްތު ކެއަރ ފެށެންޖެހޭނެ. އޭނަގެ ޑައިޓް ބެލެން ޖެހޭނެ. ސިއްހީ ކަންތައް ހުރީ ކިހިނެއްތޯ. ކުޑަ ދަރިފުޅުގެ ކަންތައް ބަލައި ނަސޭހަތްތެރިވެ ރިކޯޑްތައް ބަލަހައްޓަންޖެހޭނެ. މިހާރުވާ ގޮތަކީ ކަމެއް ބޮޑުވީމަ މައްސަލައެއް ޖެހުނީމަ ދެން ގޮސް އޮޕަރޭޝަން ކުރަނީ.” މިނިސްޓަރ ނަސީމް

މިނިސްޓަރ ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއަރގެ ސަބަބުން ކުދި ކުދި ކަންތައް ފާހަގަވެގެންދާނެ ކަމަށެވެ. އެހެންކަމުން ކުރީ ބައިގައި ބަލިތައް ދެނެގަނެވި ބަލީގެ ކުރީކޮޅު ފަރުވާ ދޭން ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބޮޑެތި ސާޖަރީތަކާއި ހަމައަށް ނުގޮސް ސިއްހީ މައްސަލަތައް ހައްލުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއާއެކު ކްރިޓިަކލް ކެއަރއަށް އޮންނަ ބާރުވެސް ކުޑަވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ހެލްތު ކެއަރގެ ސިސްޓަމް ގާއިމްކުރުމަކީ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: